އާތު އަވާގެ އެއްގަޑިއިރުގެ ތެރޭގައި ގިނަ ބަޔަކަށް އުފާވެރިކަން

އާތު އާވާ ފާހަގަކުރުމުގެ ހަރަކާތުގައި ރާއްޖެއިން ބައިވެރިވެ އަނދިރީގެ ތެރޭގައި ދުނިޔެއަށްޓަކައި އެއްގަޑިއިރު ހޭދަކޮށްފި އެވެ.
ވޯލްޑް ވައިލްޑްލައިފް ފަންޑު (ޑަބްލިޔޫޑަބްލިޔޫއެފް) އިން ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ އާތު އަވާ ރާއްޖޭގައި ފަހަގަ ކުރުމަށް ވެރިރަށް މާލެ މިރޭ އަނދިރިކޮށްލިއިރު މިރޭ 8:30 އިން 9:30 މާލޭގެ ހުރިހާ އިމާރާތަކާއި ގޭގެ އާއި އޮފީސްތަކުގެ ކޮންމެހެން ހުންނަން ޖެހޭ ދިއްލުމެއް ފިޔަވައި ހުރިހާ ދިއްލުމެއް ނިންވައިލި އެވެ.
އޭގެ ތެރޭގައި ރައީސް އޮފީހާއި ސަރުކާރުގެ ހުރިހާ އޮފީހަކާއި މާލޭގެ މަގުމަތީގެ ބޮޑު ބައެއްވެސް ހިމެނެ އެވެ.
އާތު އަވާގެ ހަރަކާތް މިރޭ ރައީސް އޮފީހުން ފެށި އިރު ހަރަކާތް ފައްޓަވައި ދެއްވި ނައިބު ރައީސް މުހައްމަދު ވަހީދުއްދީން (ޑީން) ވިދާޅުވީ އާތު އަވާ ފާހަގަ ކުރުމަށްޓަކައި ހިންގާ ހަރަކާތަކީ، ކުރިއަށް އޮތް ޖީލުގެ އުފާފާގަތިކަމަށްޓަކައި ހިންގޭ ހަރަކާތެއް ކަމަށާއި އެއީ ކުރިއަށް އޮތް ޖީލުތަކަށް ބޭނުންވާނޭ ހަކަތަ ރައްކާތެރިކުރުމުގެ ގޮތުން ވެސް މުހިންމު ހަރަކާތެއް ކަމަށެވެ.
"މިހަރަކާތަކީ، ކުރިއަށް އޮތް ޖީލުތަކުގެ އުފާފާގަތިކަމަށްޓަކައި ހިންގޭ ހަރަކާތެއް. މިހަރަކާތަށް ހުރިހާ ފަރާތްތަކެއް ވެސް އެއްބާރުލުން ދޭން ޖެހޭ. އަދި މި ހަރަކާތަކީ، ކުރިއަށް އޮތް ޖީލުތަކަށް ބޭނުންވާނޭ ހަކަތަ ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅެއް،" ޑީން ވިދާޅުވި އެވެ.
އޭގެ ކުރިން ޑީން ވަނީ ރައީސް އޮފީހުގެ ބޮކިތައް ނިއްވާލައި ދެއްވާފަ އެވެ.
އާތު އަވާ ފާހަގަކުރުމުގެ ގޮތުން މިރޭ އަނދިރީގެ ތެރެއަށް ދިޔައިރު މިރޭ 7:30 އިން ފެށިގެން 10:30 އަށް ވަނީ ފައިމަގުގައި އުޅޭ ވަގުތުކޮޅެއް ހޭދަކޮށްފަ އެވެ. އަދި ކޮންމެހެން ދުއްވަން ޖެހޭ އެއްގަމު އުޅަނދު ފަހަރު ފިޔަވައި އިތުރު އުޅަނދުތައް ނުދުއްވާ ގޮތަށް އޮތުމުން އަމާންވެ އަޑުކެނޑިފައި އޮތް މާލޭގެ މަގުތަކަށާއި މާހައުލުގެ ތެރެއަށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ނުކުމެ ހިތް އުފާކޮށް ކަރަންޓްގެ އައްޔާ ނުލައި ދުނިޔެއަށްޓަކައި ވަގުތުކޮޅެއް ހޭދަކުރި އެވެ.
އާތު އަވާ އަކީ ތިމާވެއްޓާއި ދުނިޔެ ހޫނުވުމާ މެދު ހޭލުންތެރިކަން އުފެއްދުމަށް އެއް ގަޑިއިރަށް ދިއްލުންތައް ނިއްވާލައިގެން ފާހަގަކުރާ ރެއެކެވެ.
އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް އިސްމާއިލް ހަބީބު ސިވިލް ކޯޓުގެ ސީނިއާ ކޯޓް އެޑްމިނިސްޓްރޭޓާގެ މަޤާމަށް ހަމަޖައްސައިފި އެވެ.
ސިވިލް ކޯޓުގެ އޮފިޝަލަކު މިރޭ ވިދާޅުވީ، ހަބީބު އެ މަޤާމަށް ހަމަޖައްސަވާފައިވަނީ، މަޤާމަށް ބޭފުޅަކު ބޭނުންވެގެން އިއުލާނު ކުރުމުން އެކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އިންޓަވިއުތަކުން އެ މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅަކަށް ހަބީބު ހޮވިވަޑައިގަތުމުން ކަމަށެވެ.
މީގެ އިތުރުން އެ އޮފިޝަލު ވިދާޅުވީ، ހަބީބު އެ މަޤާމަށް ހަމަޖައްސަވާފައިވަނީ، މިމަހުގެ މެދެއްހާ ހިސާބުގައި ކަމަށެވެ.
ހަބީބު ސިވިލް ކޯޓުގެ ސީނިއާ ކޯޓު އެޑްމިނިސްޓްރޭޝަންގެ މަޤާމަށް ހަމަޖައްސަވާފައިވާއިރު، އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލްގެ މަޤާމުން އޭނާ ވަކި ކުރައްވާފައިވަނީ، ކޮރަޕްޝަންގެ ތުހުމަތުތަކެއް ބޮލުގައި އެޅުއްވުމަށް ފަހުގަ އެވެ. އެހެން ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ހަބީބުގެ މައްޗަށް އެފަދަ ކަމެއް ސާބިތު ނުވާކަމަށް ހާމަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ