މޫސުން ގޯސްވެ، މ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުލަކު އަތޮޅުން ފެށިގެން ހައްދުންމައްޗާ ހަމައަށް ޔެލޯ އެލާޓް ނެރެފި އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އިން ބުނީ މުލަކު އަތޮޅުން ފެށިގެން ހައްދުންމައްޗާ ހަމައަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ސަން އަށް މައުލޫމާތު ދެމުން މެޓު އޮފީހުގެ އޮފިޝަލަކު ބުނީ ނ. އަތޮޅުން ފެށިގެން ހައްދުންމައްޗާ ހަމައަށް ވައިގަދަ ވާނެ ކަމަށާއި އެހެން ހިސާބުތަކަށް ވިލާ ގަނޑުގައި ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވައި ޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ ނ. އަތޮޅުން ފެށިގެން ހައްދުން މައްޗާ ހަމައަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ. ނ. އަތޮޅުން ފެށިގެން ހައްދުން މައްޗާ ދޭތެރޭގެ ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާ ގަނޑުގައި އިތުރަށް ގަދަވާނެތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ