އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ހުރި ތަނަކުން ހޯދާނަން: އިބޫ

އެމްއެމްޕީއާރުސީން ވަގަށް ނެގި ފައިސާ ހުރިތަނަކުން ހޯދައި ދެއްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.  
ބުދަ ދުވަހު ދުވަހު ނ. މަނަދޫއަށް ވަޑައިގެން އެ ރަށުގައި ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގެ ތަހްގީގު ފައްޓަވާނެ ކަމަށެވެ. އެ ހިޔާނާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކުން ޖަވާބު ދާރީކުރުވާނެ ކަމަށް ވިދާޅުވެ، އޮޑިޓަރ ޖެނެރަލް އާއި އޭސީސީގެ މެމްބަރުންނަށް ވަރުގަދަ އިންޒާރެއް ވަނީ ދެއްވައިފަ އެވެ. 
އެމްޕީއާރުސީގެ އެ ހިނާޔާތުގެ ސަބަބުން ގެއްލިގެން ދިޔައީ ތަރައްގީއަށްޓަކައި ކުރަން ހުރި މަޝްރޫއުތަކުގެ ފައިސާ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.  
ހިންނަވަރު ދާއިރާގެ މެމްބަރުގެ ގޮތުގައި ވެސް ހުންނެވި އިބޫ ވިދާޅުވީ އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގައި މައުލޫމާތު މިހާރު ވެސް އެއްކުރައްވަން ފައްޓަވާފައިވާ ކަމަށެވެ. އެ މައުލޫމާތު އޮޑިޓަރ ޖެނެރަލް އާއި އޭސީސީން ހަމާކުރައްވަންޖެހޭ ކަމަށާއި ހާމަ ނުކުރައްވައިފި ނަމަ އެ ބޭފުޅުން ޒިންމާ ނަންގަވަންޖެހިވަޑައިގަންނަވާނެ ކަމަށާއި އަދި މި މައްސަލައިގައި އެ ބޭފުޅުން ޖަވާބުދާރީ ވެސް ކުރުވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. ނ. އަތޮޅުގައި ޓޫރިޒަމް ތަރައްގީ ކުރަން ވިސްނާއިރު ހުރިހާ ގާތްގަނޑަކަށް ހުރިހާ ފަޅުރަށެއް ދީ ހުސްކޮށްފައިވާ ކަމަށާއި ދެތިން މީހުނަށް އެއް ރަށެއް ދޫކޮށްފައިވާ މައްސަލަ ވެސް ކޯޓްތަކުގައި އުޅޭ ކަމަށް އިބޫ ވިދާޅުވި އެވެ.  
އިބޫ މަނަދޫއަށް ވަޑައިގެން މަނަދޫއަށް ބައެއް ވައުދުތައް ވަނީ ވެވަޑައިގެންފަ އެވެ. އެ ގޮތުން އެރަށުގައި ފްލެޓް އަޅާނެ ކަމަށާއި އެ ފްލެޓްތައް އިންސާފުވެރިކަމާއެކު ބެހިގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި އެހެންމެ އަތޮޅު ޓާމިނަލް ހަދާ ދެއްވާނެ ކަމަށާއި އެހެން ރަށްރަށުން ގެންނަ ކާބޯތަކެތި ގެނެސް ވިއްކާނެ މާރުކޭޓެއް މަނަދޫގައި އަޅާ ކަމަށް ވެސް އިބޫ ވައުދުވެވަޑައިގެންނެވި އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ