މާލެ އިން ކަރަންޓް ކެނޑުނީ ނެޓްވޯކްގެ ކޭބަލަކަށް ދިމާވި މައްސަލައަކުން: ސްޓެލްކޯ

މާލެ އިން މިއަދު ހެނދުނު ދެ ގަޑިއެއްހާ އިރަށް ކަރަންޓް ކަނޑައިގެން ދިޔައީ ކަރަންޓް ދިނުމަށް ވަޅުލާފައިވާ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.
ސްޓެލްކޯގެ އިންޖިނިއަ އިބްރާހިމް ރައޫފް ވިދާޅުވީ އެކުންފުނީގެ ނެޓްވޯކްގެ ކޭބަލަށް ދިމާވި މައްސަލަ ހައްލުކޮށް ބައިގަޑިއެއްހާ އިރު ތެރޭގައި ކަރަންޓް ދޭން ފެށި ކަމަށެވެ.
"އެ މައްސަލަ ވަރަށް ދިމާނުވާނެ. އެކަންތައް ރަނގަޅުކޮށް ބައިގަޑިއެއްހާ އިރު ތެރޭގައި ކަރަންޓް ދޭން ފެށި ނަމަވެސް ހުރިހާ ސަރަހައްދުތަކަށް އަޅުގަނޑުމެންނަށް މި ދެވުނީ ދެ ގަޑިއެއްހާ އިރު ތެރޭގައި،" ރައޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނެޓްވޯކްގެ ކޭބަލަށް ދިމާވި މައްސަލަ މިހާރު ވަނީ ހައްލުކޮށްފަ އެވެ.
ސްޓެލްކޯގައި ކަރަންޓް ދޭ އެންމެ ބޮޑު އެއް ޖަނަރޭޓަރުގެ ކޫލިން ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިިދިޔަ މަހުގެ ފަހުކޮޅު ވެސް މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ