ރައީސް ޞޯލިހުގެ ސަރުކާރުވަނީ ޤާނޫނާ ޚިލާފުވެފައި: އުމަރު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމު މުހައްމަދު ޞޯލިހުގެ ސަރުކާރުވަނީ ޤާނޫނާ ޚިލާފުވެފައި ކަމަށް ކުރީގެ ހޯމު މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.ޗެނެލް ތާޓީންގެ ޕްރޮގްރާމަކަށް ދެއްވި ބަސްދީގަތުމެއްގައި އުމަރު ވިދާޅުވީ، ޤައުމަށް ޣައްދާރުވީ ޚާއިނެއް ކަމަށްވާ ހ.ހާޖަރާގޭ އަބްދުﷲ ލުޠުފީއަށް މި ސަރުކާރުން ހިމާޔަތްދީފައިވާ ކަމަށާ އަދި އޭނާ ރައްކާތެރިކުރުމުގެ ގޮތުން އޭނާ ބޭރު ޤައުމެއްގައި ޑިޕްލޮމެޓިކް ފެންވަރުގެ ބޭފުޅުންނަށް ދެއްވާ އިއްޒަތުގައި ބަހައްޓާފައި ހުރުމަކީ މިއަދުގެ ސަރުކާރުން ކުރައްވަމުން އަންނަ ޤާނޫނާ ޚިލާފު ކަމެއް ކަމަށެވެ އަދި އިތުރަށް ވިދާޅުވީ މި ސަރުކާރުން ނިންމާފައި ކުރިން އޮތީ ލަންކާގައި ބޮން ގޮއްވި ހާދިސާގެ ކަންކަން މުޅިން ނިމި އެ ޤައުމުގެ ފުލުހުން ފައްޓާފައިވާ އޮޕަރޭޝަންސްތައް ނިމުމުން އަނެއްކާވެސް އޭނާ މިނިވަންކަންމަތީ ދޫކޮށްލުމަށް ކަމަށެވެ.ނަމަވެސް ލުޠުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ދިރިއުޅެމުންދާކަން ދިވެހި ރައްޔިތުންނަށް ހާމަވެ ރައްޔިތުންގެ ޕްރެޝަރ ސަރުކާރަށް އަންނާނެ ކަން އެނގުމުން ލުޠުފީ ގެންނަން ސަރުކާރުން ނިންމީ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.އަދި އެއީ ދިވެހި ސަރުކާރަށް އެނޫން އެހެން އެއްވެސް ޗޮއިސް އެއް ވެސް މިއަދު ނެތީ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. މީގެ އިތުރުން އުމަރު ވިދާޅުވީ ސަރުކާރުން ޤާނޫނާ ޚިލާފުވެފައިވާއިރު އެ މައްސަލަވެސް މި ދިވެހި ބިމުގައި ބެލޭނެ ދުވަހެއް ވެސް އަންނާނެ ކަން ހަނދާނުގައި ބެހެއްޓުމަށް މި ސަރުކާރުގެ ވެރިންނަށް އުމަރުވަނީ ހަނދާންކޮށްދެއްވާފައެވެ.އުމަރު މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިމިވަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާޢްޖެއަށް ދިން ނިރުބަވެރި ހަމަލާގެ މޭސްތިރި އަބްދުﷲ ލުތުފީ ލަންކާގެ އެމްބަސީގައި ފިލާ ހުންނަތާ 54 ދުވަސްވެފައިވަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ދަނޑިވަޅެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ