މެރިކަލްޗަރ ނުވަތަ ކަނޑުގެ ދިރުންތައް އާލާކުރުމަށް ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން، މަސްވެރިންނަށް ބޭނުންވާ އެން އާލާކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ދާކަމަށާއި، އެ ޕްރޮގްރާމްގެ ތެރެއިން މަސްވެރިންނަށް ބޭނުންވާ އެން ފޯރުކޮށްދެވޭނެކަމުގައި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ، މެރިކަލްޗަރއަކީ ކުރިން ރާއްޖޭގައި ވަރަށް ކުޑަގޮތަކަށް ނުވަތަ ކޮޓޭޖް ލެވެލްގައި ކުރެވެމުންދިޔަ މަސައްކަތެއް ނަމަވެސް، މިހާރު ސަރުކާރުގެ ވިސްނުމަކީ މިއީ ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްޤީކޮށް ކުރިއެރުވުން ކަމަށެވެ. މިހާރުވެސް ރާއްޖޭގައި ޑިނގާ، ހުއިފިލަނޑާ، ފާނަ އަދި ސީވީޑް ފަދަ ބާވަތްތައް އަންނަނީ އާލާކުރަމުންނެވެ.
މި ސިނާއަތް ފުޅާކުރުމުގެ ގޮތުން މާލެ ސަރަހައްދުން ކ. މަނިޔަފުއްޓާއި އެރަށް ކައިރީގައި އޮތް ފަޅެއް ވަނީ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައެވެ. މީގެ އިތުރުން ގދ. އަތޮޅުގައި ބޭރުގެ އިންވެސްޓަރަކާ ގުޅިގެން ދިވެހި ވިޔަފާރިވެރިއަކު މެރިކަލްޗަރ މަސައްކަތްތަކެއް ކުރައްވާކަމަށް މުއްތަލިބު ވިދާޅުވިއެވެ.
ދިވެހި މަސްވެރިންނަށް ބޭނުންވާ އެން ހޯދުމަށް ގިނަގުނަ ދަތިތަކާއި ކުރިމަތިލާންޖެހޭކަން ފާހަގަކުރައްވާ މުއްތަލިބު ވިދާޅުވީ، އެން ނުލިބި މަސްވެރިކަން ދަށަށްދާ ދިއުމަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، ގދ.އަތޮޅުގައި ބޭރުގެ އިންވެސްޓަރަކާއެކު ކުރާ މެރިކަލްޗަރ ފާމް ގައި އެން އާލާ ކުރުމަށް މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.
މެރިކަލްޗަރ ސިނާއަތުގެ ތެރެއިން މަސްވެރިންނަށް ބޭނުންވާ އެން ފޯރުކޮށްދޭން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ