ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕުގައި ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ހޮސްޕިޓަލުން މި އަހަރު ބާއްވާ ފުރަތަމަ ހިތާނީ ކޭމްޕުގެ ދަށުން (އާސަންދަ އަށް ކެނޑުމަށް ފަހު) ދައްކަން ޖެހޭނީ 5،500ރ. އެވެ. މި ކޭމްޕުގައި ރަޖިސްޓަރީ ކުރާ ކުދިންގެ ކޮންސަލްޓޭޝަނާއި ޕްރޮސީޖާ ހެދުން އޮންނާނީ އަންނަ ޖުލައި މަހުގެ 12 ދުވަހުން ފެށިގެން އޮގަސްޓު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޭމްޕުގައި ރަޖިސްޓަރީ ކުރުމަށް ނަން ނޯޓު ކުރެވޭނީ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕުގެ ޕެކޭޖުގައި ހިމެނޭ ހިދުމަތްތަކަކީ:
• ޔޫރޮލޮޖިސްޓް
އަދި އެނެސްތީސިއޮލޮޖިސްޓުންގެ އޮޕަރޭޝަނުގެ ކުރީގެ ކޮންސަލްޓޭޝަން
• ޕްރޮސީޖާއާ ގުޅޭ އާންމު ލެބޯޓަރީ ޓެސްޓްތައް
• ލޯކަލް
ނުވަތަ ޖެނެރަލް އެނެސްތީސިއާގެ ދަށުން ހިތާނުކުރުން
• އޮޕަރޭޝަނަށް
ބޭނުންވާ ހުރިހާ ތަކެއްޗާއި ބޭސް
• އޮޕަރޭޝަނަށް ފަހު
ޑޭކެއާގައި މޮނިޓާ ކުރުން
• ފޮލޯއަޕް
ކޮންސަލްޓޭޝަން
• އޮޕަރޭޝަނަށް ފަހު
ލުއި ކެއުން
• ހާއްސަ އަގެއްގައި ޕްރައިވެޓް ރޫމަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތު
މި ކޭމްޕުގައި ހަރަކާތްތެރި ވާނީ އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުންނާއި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުން ހިމެނޭ މެޑިކަލް ޓީމަކުންނެވެ.
އެ ޓީމުގައި ހިމެނޭނީ ޑރ. ހުސައިން ހަދީވް އާއި ޑރ. އުކްތަމް އަބްދުﷲ އާއި ޑރ. އިބްރާހީމް މުއުމިނާއި ޑރ. މުހައްމަދު ޝަރީފާއި ޑރ. އަބްދުﷲ އުބައިދު އަދި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރު ޑރ. މެހްމެތު އޮޑަރެވެ.
މިކޭމްޕުގައި ބައިވެރިވުމަށް 3351610 އަށް ގުޅައިގެން ރަޖިސްޓަރީ ކުރެވޭނެ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހިތާނީ ކޭމްޕަށް ރަޖިސްޓްރީކުރަން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ