ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މާލޭގެ އެޕާޓުމަންޓަކުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތި ޓްރެފިކްކުރާކަމުގެ ތުހުމަތުގަ އެވެ. އެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންނަކީ:
މުހައްމަދު އުމައިރު، 58، ގ. މޫންލައިޓްވިޔު
މާޝާ އިބްރާހީމް، 38، ގުލްއަލާގެ/ލ. ދަނބިދޫ
ތަފްސީލް - ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަންގައި އެ ދެ މީހުން ހައްޔަރުކުރީ އެ މީހުން ތިބި އެޕާޓުމަންޓަކުން މަސްތުވާތަކެތި ފެނިގެންނެވެ.
ފުލުހުން މިއަދު ބުނީ، އެ އެޕާޓުމަންޓު ބަލައި ފާސްކުރިއިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހާފަ އެވެ.
އެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން:
އެޕާޓުމަންޓުން ފެނުނު މަސްތުވާތަކެއްޗަކީ އެ މީހުންގެ ތަކެތި ކަމަށް ދެ މީހުން ވެސް އެއްބަސްވެފައިވޭ
މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ފައިސާ ބޭނުންކުރި ކަމަށް ވެސް ދެ މީހުން އެއްބަސްވެފައިވޭ
ފިރިހެންމީހާގެ ކުޑަކަމުދާތަކެތި ޓެސްޓުކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވޭ
ކުށުގެ ތުހުމަތުކުރެވޭވަރުގެ ކޮންމެވެސް ވަރެއްގެ ހެކި ލިބިފައިވޭ
މާލޭ އެޕާޓުމަންޓަކުން ކިލޯއަކަށް ވުރެ ގިނަ ޑްރަގާ އެކު 2 މީހުން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ