މިއަދު ހަވީރު ދުއްވުން މަނާ ގަޑީގައި 450 އަށް ވުރެ ގިނަ އުޅަނދު ދުއްވި
ފިތުރު އީދާ ގުޅިގެން މިއަދު ހަވީރު ދުއްވުން މަނާކޮށްފައި އޮތް ގަޑިތަކުގައި 450 އަށް ވުރެ ގިނަ އުޅަނދު ދުއްވި ކަމަށް ފުލުހުން ބުނެފި އެވެ. ފިތުރު އީދާއި ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން މިއަދާއި މާދަމާ ހަވީރު 4:00 އިން ފެށިގެން 6:30 އަށް މާލެ ސިޓީގައި ދުއްވާ އެއްޗެހި ދުއްވުން މަނާ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަން މިރޭ "ސަން" އަށް ވިދާޅުވީ މިއަދު ހަވީރު ޓްރެފިކް ފުލުހުން ހިންގި އޮޕަރޭޝަންގައި މޭލޭގައި ސިޓީގައި ދުއްވި 461 އުޅަނދު ބަލައި ފާސް ކުރި ކަމަށެވެ. އޭގެ ތެރެއިން 364 މީހަކަށް ނަސޭހަތްދީފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. "364 މީހުންގެ ތެރެއިން ފިޔަވަޅު އެޅީ 97 މީހުންނަށް،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. https://twitter.com/tedmaldives/status/1135889838383685632 ދުއްވުން މަނާ ގަޑިގައި ދުއްވައިގެން ފުލުހުން ފިޔަވަޅު އަޅަން ފަށައިފައިވަނީ 4:30 އިން ފެށިގެންނެވެ. އީދު ދުވަހުގެ ހަވީރު މާލޭ ސިޓީގައި ދުއްވާ އެއްޗެހި ދުއްވުން މަނާގަޑީގައި އެކަން ކުރާ މީހުން 750 ރުފިޔާ އަށް ޖޫރިމަނާ ކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ މީގެ ކުރިން ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ