ސަރަތު ފޮންސޭކާ ބަންދުން ދޫކޮށްލުމަށް އެދި ގޮވާލާ، ވެރިރަށް ކޮލަމްބޯގައި މުޒާހަރާކޮށްފި

19:00ސްރީލަންކާގެ ސިފައިންގެ ކުރީގެ ޖެނެރަލް ސަރަތު ފޮންސޭކާ ބަންދުން ދޫކޮށްލުމަށް އެދި ގޮވާލާ، ވެރިރަށް ކޮލަމްބޯގައި މުޒާހަރާކޮށްފި އެވެ.ސަރުކާރާ އިދިކޮޅު އެތައް ސަތޭކަ ބަޔަކު ބައިވެރިވި މި މުޒާހަރާގައި ގޮވާލާފައިވަނީ ފޮންސޭކާ ވަގުތުން ދޫކޮށްލުމަށެވެ.ރައީސް މަހިންދަ ރާޖްޕަކްސަ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވިދާޅުވެފައި ވަނީ ކައިރި މުސްތަގުބަލެއްގައި ފޮންސޭކާ ދޫކޮށްލެވެން ނެތް ކަމަށެވެ.ޖެނެރަލް ފޮންސޭކާ ހައްޔަރުކޮށްފައި ވަނީ ސިފައިންގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނަވައި ސަރުކާރާ ދެކޮޅަށް ބަގާވާތެއް ރާވަން އުޅުމުގެ ކުށުގަ އެވެ.ލަންކާ ސިފައިން އިއްޔެ ވަނީ ފޮންސޭކާގެ އަނބިކަނބަލުން އަނޯމާ ސިފައިންގެ މަރުކަޒަށް ހާޒިރުކޮށް އެކަމަނާއާ ސުވާލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ