ރިޔާދު، ސައުދީ އަރަބިއްޔާ (މެއި 13) - ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުން ބޭރަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ.
ސައުދީ އަރަބިއްޔާއަކީ ގަލްފްގެ ގައުމުތަކަށް ޓްރަމްޕް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުގެ ފުރަތަމަ މަންޒިލެވެ. ބުދަ ދުވަހު ގަތަރަށް އަދި ބުރާސްފަތި ދުވަހު ޔުނައިޓެޑް އަރަބި އެމިރޭޓްސްއަށް ޓްރަމްޕް ވަޑައިގަންނަވާނެ އެވެ. މި ދަތުރުގައި އިޒްރޭލަށް ޓްރަމްޕް ޒިޔާރަތް ނުކުރައްވާނެ އެވެ.
"ހަކަތައަކީ އަޅުގަނޑުމެންގެ ގުޅުމުގެ އަސާސީ ބައެއްގެ ގޮތުގައި ދެމިއޮތް ނަމަވެސް، ގައުމުގައި ހުރި އިންވެސްޓްމަންޓްތަކާއި ވިޔަފާރީގެ ފުރުސަތުތައް ވަނީ އެތައް ގުނައަކުން އިތުރުވެފައި،" ސައުދީގެ އިންވެސްޓްމަންޓް މިނިސްޓަރު ހާލިދު އަލް ފާލިހް ވިދާޅުވި އެވެ.
މި ދަތުރުގައި އެމެރިކާ، ސައުދީ އަރަބިއްޔާ، ގަތަރު އަދި ޔޫއޭއީއިން ޓްރިލިއަން ރުފިޔާގެ އިންވެސްޓްމަންޓްތައް އިއުލާނު ކުރާނެ ކަމަށް ބެލެވެ އެވެ.
ސައުދީ އަރަބިއްޔާ އާއި އެމެރިކާއާ ދެމެދު ބަދަހި ގުޅުމެއް އުފެދިފައި ވަނީ ސައުދީން ތެޔޮ ސަޕްލައިކުރާ ހަރުދަނާ އެއްބަސްވުމެއްގެ ސަބަބުންނާއި އެމެރިކާއިން އޭގެ ބަދަލުގައި އެ ގައުމަށް އަސްކަރީ ގޮތުން ހިމާޔަތް ހޯދައިދޭތީ އެވެ.
ޓްރަމްޕް އެންމެ ފުރަތަމަ ގައުމުން ބޭރަށް ވަޑައިގަތީ ޕޯޕް ފްރޭންސިސްގެ ޖަނާޒާގައި ބައިވެރިވުމަށް ރޯމަށެވެ.
ރައީސް ޓްރަމްޕްގެ މި ދަތުރުގައި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ އަދި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވެސް ބައިވެރިވެ އެވެ. ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ގަތުމުގެ އެއްބަސްވުމެއް އެމެރިކާއިން ހުށަހަޅާނެ ކަމަށް ބެލެވެ އެވެ.
ރަސްމީ ދަތުރެއްގައި ޓްރަމްޕް ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި ރަސްމީ ދަތުރެއްގައި ޓްރަމްޕް ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ