މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބުދުލް ގައްޔޫމު މިރޭ މާލެ ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.
ޕީޕީއެމް އިން ބުނީ ރައީސް މައުމޫން މާލެ ވަޑައިގަންވާނީ މިރޭ 10:15 ހާއިރު ކަމަށެވެ. އެގަޑިއަށް ވީހާވެސް ގިނަ ބަޔަކު އެއް ނަމްބަރު ޖެޓީ އަށް ދިއުމަށް ޕީޕީއެމް އިން އެދިފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ރައީސް މައުމޫން މާލެ ވަޑައިގެން ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓާއި ރަނިން މޭޓަށް ތާއިދު ހޯއްދެވުމަށް އެދެބޭފުޅުންނާއި އެކު އަތޮޅުތަކަށް ދަތުރު ކުރައްވާނެއެވެ.
ރައީސް މައުމޫނުވަނީ އެމަނިކުފާނު މެލޭޝިޔާގައި ހުންނެވި އިރު އިންޑިއާއަށް ޒިޔާރަތް ކުރައްވާފައެވެ. މިޒިޔާރަތުގައި ރާއްޖެއަށް ކުރިމަތިވެފައިވާ ބައެއް ދަތިތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
އެގޮތުން އެކި އެކި ބޭނުންތަކަށް އިންޑިއާއަށްދާ ދިވެހިންނަށް ވިސާ ހޯދުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދުމަށާއި ހިލަވެއްޔާއި ހިލަ އިންޑިއާއިން ރާއްޖެ ގެނައުމާއި އަދި ދެގައުމުގެ ގުޅުން އެންމެ ބޮޑަށް ހީނަރުވި ޖީއެމްއާރު މައްސަލަ ހިމެނެއެވެ.
ރައީސް މައުމޫން މިރޭ މާލެ ވަޑައިގަންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ