އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް އަންނަ މަހު ބާއްވަނީ

އިންޓަރ ސްކޫލު ބެޑްމިންޓަން މުބާރާތް އަންނަ މާރޗު މަހު ބޭއްވުމަށް ނިންމާ ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މާރޗު މަހުގެ 18ން 25އަށް ބޭއްވުމަށް ތާވަލު ކުރެވިފައިވާ އިންޓަރ ސްކޫލު 14ވަނަ ބެޑްމިންޓަން މުބާރާތުގައި ބައިވެރިވާން އެދޭ ސުކޫލްތަކާއި ސުކޫލްތަކުގެ ދަރިވަރުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުމަށްފަހު ސްކޫލް މެދުވެރިކޮށް އަންނަ މަހުގެ 1 ވަނަ ދުވަހުގެ ކުރިން އެ އެސޯސިއޭޝަށް ހުށަހަޅަން ޖެހެއެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ މުބާރާތުގެ އަމިއްލަ އިވެންޓުގެ އުމުރުފުރާތައް ބެހިފައިވަނީ ހަތަރު ބަޔަަކަށް ކަމަށާއި އެއީ 12 އަހަރުންދަށުގެ ސިންގަލް އާއި 14 އަހަރުންދަށުގެ ސިންގަލްސް އަދި ޑަބަލްސް އާއި 16 އަހަރުންދަށުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑަބަލްސް އާއި 19 އަހަރުން ދަށުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑަބަލްސް އެވެ.
އަދި ޓީމް އިވެންޓުގެ އުމުރު ފުރާތައް ބަހާލާފައިވަނީ 14 އަހަރުން ދަށުގެ އަންހެން، ފިރިހެން ބަޔާއި 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިގެއިތުރުން 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުދިންގެ އުމުރުފުރާ ކަމަށްވެސް ބެޑްމިންޑަން އެސޯސިއޭޝަނުން ބުނެއެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް އެ އެސޯސިއޭޝަންގެ ވެބްސައިޓު http://badmintonmaldives.org.mv/ ލިބެންހުންނާނެ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތު ދެއެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ