އިންޓަ ސްކޫލް ފުޓްބޯޅަ: މުބާރާތުގެ ފުރަތަމަ ތިން ޕޮއިންޓް އަރަބިއްޔާ ހޯދައިފި

މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ބައިގައި ކުޅުނު މެޗް ކާމިޔާބުކޮށް، މުބާރާތުގެ ފުރަތަމަ ތިން ޕޮއިންޓް އަރަބިއްޔާ ސުކޫލުން ހޯދާއިފި އެވެ.
ޓާފް އެއް ނަންބަރު ދަނޑުގައި އިއްޔެ ހެދުނު ކުޅުނު މެޗް އަރަބިއްޔާ ކާމިޔާބު ކުރީ 3-2 ލަނޑުން ގަލޮޅު މަދަރުސާ ބަލިކުރުމަށް ފަހު އެވެ. އަދި އަރަބިއްޔާ ކުޅުނު ފުރަތަމަ މެޗްގައި ދަރުމަވަންތަ ސުކޫލް އަތުން ބަލިވެފައި ވަނީ 6-0 ލަނޑުންނެވެ.
މެޗްގެ 14 ވަނަ މިނެޓްގައި ފުރަތަމަ ލަނޑު އަރަބިއްޔާ ސުކޫލުން ކާމިޔާބުކޮށް ލީޑް ނެގިއިރު، އަރަބިއްޔާ އިން ޖެހި ތިން ލަނޑު ވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހިމް އަންސާރެވެ. އަދި ގަލޮޅު މަދަރުސާ އިން ޖެހި އެ ޓީމްގެ ދެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސިމާން އަބްދުއްﷲ އެވެ.
މެޗުން އަރަބިއްޔާ މޮޅުވެ، ތިން ޕޮއިންޓް ހޯދި އިރު، މެޗުން ބަލިވި ގަލޮޅު މަދަރުސާ އަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ގޯލްގެ ތަފާތަށް ބަލާ އިރު، މިގްރޫޕްގެ ތިންވަނާގައި އަރަބިއްޔާ އުޅޭ އިރު، ދެވަނާގައި އޮތީ ގަލޮޅު މަދަރުސާ އެވެ. އަދި ގްރޫޕްގެ އެންމެ ކުރީގައި އޮތީ ދަރުމަވަންތަ ސުކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ