މިނިސްޓަރު އުމަރު ސުވިޒަލެންޑަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރު ފުޅެއްގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ސުވިޒަލެންޑަށް ފުރާވަޑައިގެންފި އެވެ.
މިނިސްޓަރު އުމަރު ރޭގެ ވަގުތެއްގައި ސްވިޒަލެންޑަށް ފުރާވަޑައިގެންނެވީ އެގައުމުގެ ޖެނީވާގައި ބާއްވާ ވޯލްޑް ސަމިޓް އޮން ދަ އިންފޮމޭޝަން ސޮސައިޓީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށެވެ.
އިންޓަނޭޝަނަލް ޓެލެކޮމަނިކޭޝަން ޔޫނިއަން އިން އިމްތިޒާމް ކުރާ މި ފޯރަމް މިއަދުން ފެށިގެން މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ފޯރަމްގައި އެކި ގައުމުތަކުގެ ތަޖުރިބާއާއި މިދާއިރާގެ މައުލޫމާތު ހިއްސާކުރުމާއި އެކު ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ޕަބްލިކް ޕަރައިވެޓް ޕާޓްނާޝިޕް ކުރިއެރުވުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ