ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ބަހައްޓާ 7 ފޮށީގެ ޖުމްލަ ނަތީޖާ އިއުލާން ކުރާނީ ވެރިރަށް މާލޭގައި ކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ، އިންތިޚާބުގެ ޖުމްލަ ނަތީޖާ މާލޭގައި އިޢުލާން ކުރަން ހަމަޖެހުނު ނަމަވެސް ރަށްރަށުގައި ބެހެއްޓޭ ފޮށިތަކުގެ ވަގުތީ ނަތީޖާ އެ ރަށްރަށުގައި އިއުލާންކުރާނެ ކަމަށެވެ.
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ޖުމްލަ ނަތީޖާ އިއުލާން ކުރާ ގޮތަށް ކުރިން ހަމަޖައްސާފައިވަނީ، ކޮމަންޑޫގައެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ އިތުރުން ޕީޕީއެމްގެ ޓިކެޓުގައި މޫސާ ފަތުހީ އަދި އެމްއެންޕީގެ ޓިކެޓުގައި އަބްދުލް ހަންނާން އިދުރީސް ވާދަކުރައްވައެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ އެ ދާއިރާ ތަމްސީލު ކުރެއްވި އެމްޑީޕީގެ މެމްބަރު ހުސައިން ވަހީދު ކެންސަރު ބަލީގައި މިދިޔަ މަހު އަވަހާރަވުމުންނެވެ.
މި އިންތިޚާބު އޮންނާނީ 5 ފެބްރުއަރީ 2022 ވާ ހޮނިހިރު ދުވަހުއެވެ.
ކޮމަންޑޫ ދާއިރާގެ ޖުމްލަ ނަތީޖާ އިއުލާން ކުރާނީ މާލޭގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ