އެޗްޑީސީންވެސް އަމިއްލައަށް ވަކިވާން ބޭނުންވާ މުވައްޒަފުނަށް ހާއްސަ އިނާޔަތެއް ދެނީ

އެޗްޑީސީންވެސް އަމިއްލައަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ހާއްސަ އިނާޔަތެއް ދިނުމަށް ނިންމައި، އެކަން މުވައްޒަފުންނަށް އިއްޔެ އަންގައިފި އެވެ.
ވީ ކިހިނެއް؟ - ދުނިޔޭގެ އިގްތިސާދަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުމުގެ ސަބަބުން، އެޗްޑީސީގެ ހިންގުން ހަރުދަނާކޮށް، މާލީ ހުރަސްތައް ކުޑަކުރުމަށްޓަކައި ކަމަށް ބުނެ، އެ ކުންފުނީގެ ބޯޑުން ނިންމި ބައެއް ނިންމުންތައް ހާމަކޮށް، އިއްޔެ ވަނީ ހުރިހާ މުވައްޒަފުންނަށް މެމޯއެއް ފޮނުވާފަ އެވެ.
ތަފްސީލު - އެ މެމޯގައި ބުނި ގޮތުގައި ކުންފުނި ހިންގުން ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ކުރިއަށް ގެންދިޔުމަށްޓަކައި ކުންފުނި ރީސްޓަކްޗާ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.
 އެ މެމޯގައި ބުނީ، ކުންފުނި ރީސްޓަކްޗާ ކުރުމަށްޓަކައި އިނާޔަތައް ދީގެން މުވައްޒުން މަދު ކުރިމަށް ރިޑަންޑެންސީ އަދި ރިޓަޔާމަންޓް އުސޫލަށް ބަދަލު ގެނައުމަށް ކުންފުނީގެ ބޯޑުން މިހާރު ފާސްކޮށްފައިވާ ކަމަށެވެ. ކަމަށެވެ. އެގޮތުން ދެ ގޮތަކަށް މުވައްޒަފުން ވަކިވާން ބޭނުންވާ ހާލަތްތަކުގައި އިނާޔަތް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ:
އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުން: އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް، އެކަމަށް އެދި ހުށަހެޅިދާނެ. އަދި އެގޮތަށް ހުށަހަޅާ މުވައްޒަފުންގެ ތެރެއިން ހޮވާ ފަރާތްތަކަށް އުސޫލުގައި ބަޔާންކޮށާްފައިވާ ގޮތުގެ މަތިން ވަޒީފާއިން ވަކިވުމުން ދެވޭ "ފުރިހަމަ އިނާޔަތް" ލިބިދެވޭނެ
އަމިއްލައަށް އެދިގެން ރިޓަޔާވުން: މިހާރު އަމަލުކުރަމުންދާ ރިޓަޔާމަންޓް އުސޫލުގެ ދަށުން އެކަމަށް ޝަރުތު ހަަމަވާ މުވައްޒަފުން، ހިދުމަތުގެ މުއްދަތަށާއި މުވައްޒަފު އަދާ ކުރަމުންދާ ވަޒީފާ އަދި އުސޫލުގައިވާ އެހެން ކަންކަމަށް ރިއާޔަތް ކުރުމަްފަހު، "އެއް ފަހަރާ ލިބިދެވޭ އެކަށީގެންވާ އިނާޔަތަކާއެކު" ރިޓަޔާވުމުގެ ފުރުސަތު ލިބިދެވޭނެ
މި ދެ ގޮތުން ކުރެ ގޮތަކުން ވަޒީފާއިން ވަކިވާ ހާލަތުގައި ދޭނީ ކިހާ އަދަދެއްގެ އިނާޔަތެއްކަމަށް މެމޯއިން ނޭނގެ އެވެ. ނަމަވެސް އެ ލިބޭނެ އިނާޔަތްތަކާއި ޝަރުތުތައް އަދި އެނޫންވެސް ތަފްސީލުތައް ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއިނ އެޗްއާރު މެދުވެރިކޮށް މުވައްޒަފުންނަށް ހިއްސާ ކުރެވޭނެ ކަމަށް މެމޯގައި ބުންޏެވެ. އަފި މި މަސައްކަތް ކުރާނީ ގާނުނާއި ގަވައިދާ އެއްގޮތައް ކަމުގެ ޔަގީންކަންވެސް ދީފައިވެ އެވެ.
"މި ފުރުސަތުތައް ދިނުމުގައި މައިގަނޑު މަގްސަދަކީ، ކުންފުނި ރީސްޓްރަކްޗާ ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް މަސައްކަތްކުރުމާއެކު، ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް އިހްތިރާމާއި ލާބައާއެކު ފައިދާހުރި ގޮތެއްގައި އެ ފުރުސަތު ފަހިކޮށްދޮނުމެެވެ." އެ މެމޯގައި ބުންޏެވެ.
މި މަސައްކަތަކަކީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ މާލީ ނުވަތަސްކަމާއި ގޮންޖެހުންތަކުގެ ސަބަބުން އެކަންކަމަށް ރީއާޔަތްކޮށް ފެށި މަސައްކަތެއްގެ ގޮތުގައި އެ މެމޯގައި ފާހަގަކޮށްފައިވެ އެވެ. އަދި މި ކަމަކީ، މިދިޔަ އެޕްރީލް މަހު ނުވައެއްގައި ޕީސީބީން ސަރުކާރުގެ ކުންފުނިތަކުގެ ހަރަދުތައް ކުޑަ ކުރުމަށް ނެރުނު ސާކިއުލާއާ އެގޮތްވާ ގޮތުގެ މަތިން ފިޔަވަޅުތަކެއް އެޅުމަށް އެޗްޑީސީގެ ބޯޑާއި މެނޭޖުމަންޓްުން ފެށި އިސްލާހީ މަސައްކަތެއް ކަމަށް ބަޔާންކޮށްފައިވެ އެވެ. 
ގުޅުން ހުރި - ފެނަކައިންވެސް ވަނީ މި ފަހުން މިފަދަ ފުރުސަތެއް އެ ކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލާފަ އެވެ. އެގޮތުން އެ ކުންފުނިން ދިން ހުށަހެޅުމަކީ، ހަތަރު މަހުގެ މުސާރައާއެކު ވަޒީފާއިން އަމިއްލައަށް ވަކިވުމުގެ ފުރުސަތު ދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ