ދިވެއްސާއި، އިސްލާމް އަދި ހިސާބު މާއްދާ ކިޔަވައިދޭ ވަގުތު އިތުރުކުރަނީ
ދިވެއްސާއި, އިސްލާމް އަދި ހިސާބު މާއްދާ ކިޔަވައިދޭ ވަގުތު އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރޭ ވިދާޅުވެއްޖެއެވެ. އަމީނިއްޔާ ސުކޫލުގެ 2024އާއި މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ހަފްލާ ޝަރަފުވެރި ކޮށްދެއްވައި މިނިސްޓަރު ވިދާޅުވީ، ސުކޫލުތަކުގައި ކިޔަވައިދޭ މުގައްރަރު މުރާޖާކޮށް، ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިހާރު ވެސް ސުކޫލުތަކުގައި ކިޔަވައިދެނީ، 2015 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ މުގައްރަރަކަށް ކަމަށާއި އެކަށީގެންވާ ބަދަލުތަކެއް އެ މުއްދަތުގެ ތެރޭގައި މުގައްރަރަށް އައިސްފައިނުވާ ކަމަށް ޝަފީއު ވިދާޅުވިއެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރޭގެ ޖަލްސާގައި --- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ އެހެންކަމުން ޒަމާނަށް އައި ބަދަލުތަކާ އެއްކޮށް އަދި 2015އިން މިދިޔަ އަހަރުގެ ނިޔަލަށް ލިބުނު ނަތީޖާތަކަށް ރިއާޔަތްކޮށް، ރިވިޝަންތަކެއް ހަދަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިހާރަށް ވުރެ ގިނަ ވަގުތު ދިވެހި މާއްދާ ކިޔަވަން. މިހާރަށް ވުރެ ގިނަ ވަގުތު އިސްލާމް މާއްދާ ކިޔަވަން. މިހާރަށް ވުރެ ގިނަ ވަގުތު ހިސާބު މާއްދާ ކިޔަވަން. އަދި ކުދިންގެ އެކި ބަސްތައް ދަސްކުރާ ވަގުތު އިތުރުކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން މި ދަނީ ކުރަމުންއެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިނިސްޓަރު ވިދާޅުވީ، އުންމީދަކީ އަންނަ އަހަރު ކީ ސްޓޭޖު އެކެއްގެ ދަރިވަރުން ކަމަށްވާ ގްރޭޑް އެކަކާއި ދޭއްގެ އިތުރަށް ތިނެއްގެ ދަރިވަރުންނަށް އެ ބަދަލުތައް ގެނެވޭނެ ކަމަށެވެ. އިސްލާމާއި ދިވެއްސާއި ހިސާބު މާއްދާ ކިޔަަވައިދޭ ވަގުތު އިތުރުކުރާއިރު، އޭގެތެރެއިން ހިސާބު މާއްދާއިން ފާސްވާ ދަރިވަރުން ދަށްވާ ކަމުގެ ކަންބޮޑުވުން ތައުލީމީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ފާޅުކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ