މި ސަރުކާރުން ފެށި 'ވަތަނީ ހިދުމަތް، ނުވަތަ ނޭޝަނަލް ސާވިސްގެ ދެވަނަ ބެޗްގެ ފަންނީ ތަމްރީން ކޯސް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - ކިޔަވައި ނިމޭ ތަނުން ވަޒީފާގެ މާހައުލަށް ނުވަތަ ތައުލީމު ހާސިލުކުރުމަށް ދަތިވާ ޒުވާނުން ގައުމަށް ބޭނުންތެރި ބަޔަކަށް ހަދައި ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ފެށި ނޭޝަނަލް ސާވިސް ޕްރޮގްރާމް އިފްތިތާހުކޮށްފައި ވަނީ، މިދިޔަ އަހަރު އޮކްޓޯބަރުގަ އެވެ. އޭގެ ފަހުން މި ޕްރޮގްރާމްގެ ދެ ބެޗް ވަނީ ނިންމާފަ އެވެ.
ދެ ވަނަ ބެޗްގައި ބައިވެރިވި ޕްރޮގްރާމް ނިންމި، 343 ކުދިންގެ ތެރެއިން ފަންނީ ޕްރޮގްރާމް ކުރިއަށް ގެންދަން ބޭނުންވީ 77 ދަރިވަރުންނެވެ. އެމްޑީއެފްއިން ބުނި ގޮތުގައި 75 ދަރިވަރުންނާއެކު މިއަދު ފަންނީ ތަމްރީންގެ ދެ ކޯސް ފަށާފައިވާ ކަމަށެވެ.
ތަފްސީލު - އެމްއެންޑީއެފްއިން މިއަދު ނެރުނު ބަޔާނުގައި ބުނި ގޮތުގައި ވަތަނީ ހިދުމަތުގެ ދެ ވަނަ ކޯސް މިއަދު ފެށީ ބ. ކިހާދޫގައި އެކމަަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުތަ އެވެ.
ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ޝަރަފުވެރިކޮށްދެއްވި އެ ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ވައުދު ލައިދިނުމާއި ދަރިވަރުންގެ އަޒުމް ވަނީ އާ ކޮށްފަ އެވެ. ވައުދު ލައިދެއްވީ ސްކޫލު އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގެ އެކްޒެކެޓިވް އޮފިސަރު ކެޕްޓަން މުހައްމަދު ޝަރީފެވެ. އަދި ދަރިވަރުންނަށް އަޒުމް އާ ކޮށްދެއްވީ ސްކޫލު އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގެ ކޮމާންޑިންގ އޮފިސަރު މޭޖަރ ޙުސައިން ޝާހިދެވެ.
އެމްޑީއެފްއިން ބުނީ:
16 ހަފުތާގެ މުއްދަތަށް މިއަދު ފެށި މި ޕްރޮގްރާމުގެ ސީރީޒް 2 ގެ ކޯސްތަކުގައި ރާއްޖޭގެ 17 އަތޮޅުތަކުން ޖުމްލަ 75 ބައިވެރިން ބައިވެރިވެފައިވޭ
މީގެ ތެރޭގައި 62 ފިރިހެން ބައިވެރިންނާއި 13 އަންހެން ބައިވެރިން ހިމެނޭ
މި ޕްރޮގްރާމްގައި، އޮޓޯ މޯބައިލް އިންޖިނިއަރިން، މެރިން އިންޖިނިއަރިން، އިލެކްޓްރީޝަން، ރެފްރިޖެރޭޝަން، ވެލްޑިން، މެޓަލް ފެބްރިކޭޝަން އަދި އޮފީސް މެނޭޖުމަންޓް ފަދަ ސިނާއީ ދާއިރާތަކުގެ ހުނަރުތައް އުނގަންނައިދިނުމަށް ހަމަޖެހިފައިވޭ
"މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެޕްރޫވްޑް، ލެވެލް 3ގެ ސެޓިފިކެޓެއް ހާސިލުކުރެވޭނެއެވެ. މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ފަންނީ ތަފާތު ދާއިރާތަކުގައި ގިނަ ދުވަހު އަމަލީ މަސައްކަތް ކުރައްވާފައިވާ ސިފައިންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ." އެމްއެންޑީއެފްއިން ބުންޏެވެ.
ވަތަނީ ހިދުމަތުގެ 2ވަނަ ބުރު ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ