ރައީސް ނަޝީދަށް ޝަރުޢީ ދާއިރާގެ ތެރެއިން އިންސާފު ލިބެންދެން އަޅުގަނޑުމެން މަސައްކަތް ކުރާނަން - ވަކީލުން

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޝަރީޢަތް ހިންގާފައިވަނީ ނާއިންސާފުން ކަމަށާއި، އެމަނިކުފާނުގެ މައްސަލައަށް ޝަރުޢީ ދާއިރާގެ ތެރެއިން އިންސާފު ލިބެންދެން ރައީސް ނަޝީދު މިނިވަންކުރުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެކަމުގައި ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދާއި ބައްދަލު ކުރެއްވުަމަށް މާފުއްޓަށް ފުރާ ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ "ހުކުރަކަސް ހޮނިހިރަކަސް ބަންދު ދުވަހަކަސް އެއަށް ނުބަލައި ރައީސް ނަޝީދަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތް ކުރިއަށް ގެންދާނަން" ކަމުގައެވެ.
ރައީސް ނަޝީދާއި ގުޅޭ ތިން މައްސަލައެއް ރާއްޖޭގެ ތިން ކޯޓަކަށް ވައްދާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން މިއަހަރުގެ ޖުލައިމަހުގެ 19 ވަނަ ދުވަހު ރައީސް ނަޝީދު ގޭބަންދަށް ބަދަލު ކުރިކަމަށްބުނެ ފޮނުވާފައިވާ ސިޓީ ތަންފީޒު ކުރުމަށް އެދި ކްރިމިނަލް ކޯޓަށް ހުށައެޅި މަައްސަލަ ބަލައިގަނެފައި ނުވާތީ، ހައިކޯޓުގައި އިސްތިއުނާފު ކުރެވިފައިވާ މައްސަލަ އަކާއި، އދ ގެ ވޯރކިންގ ގްރޫޕްގެ ނިންމުންތަންފީޒު ކުރުމަށް އެދި ސިވިލްކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ އިތުރުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ، ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ އިސްތިއުނާފްގެ މައްސަލައެވެ.
ރައީސް ނަޝީދުގެ ތިން މައްސަލައެއް ރާއްޖޭގެ ތިން ކޯޓަކަށް ހުށައެޅިފައިވާއިރު، ވަގުތީ އަމުރަކަށް އެދިފައި ނުވާނެކަމަށް ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ