އެސްޓާރސް ސްކޫލް ސީޒަން ފެއަރގެ ނަސީބުވެރިޔާ ހޮވައިފި

އެސްޓަރސް ސްކޫލް ސީޒަން ފެއަރ 2016ގެ ނަސީބުވެރިޔަކަށް އަރުޝަމް (7843486) ހޮވިއްޖެއެވެ. އަރުޝަމް އަށް ވަނީ ޝީޝާ އިން ސްޕޮންސަރ ކޮށްފައިވާ ސްކޫޕީ ކްލަބް 12 މޮޓަރސައިކަލެއް ލިބިފައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ މި ފެއަރ އަކީ ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ހިންގުނު ފެއަރ އެކެވެ. އެސްޓަރސް ސްކޫލް ސީޒަން ފެއަރ 2016 ގެ މަޤްސަދަކީ ސްކޫލް ދަރިވަރުންނަށް ފަސޭހަކަމާއެކު ފޮތް ލިސްޓް އެއް ތަނަކުން ލިބޭނޭގޮތް ހެދުމަށް ކުރިއަށް ގެންދިޔަ ފެއަރއެއް ކަމަށް އެސްޓަރސްއިން މަޢުލޫމާތު ދެއްވައެވެ.
މި ފެއަރގެ ދަށުން އެސްޓަރސް އަށް ހުށައެޅި ކޮންމެ ފޮތް ލިސްޓަކަށް ހަދިޔާއެއް ލިބިފައިވާއިރު ކޮންމެ ފަރާތަކަށްވެސް ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ލިބިފައިވެއެވެ.
ޝީޝާގެ ފަރާތުން ސްޕޮންސަރ ކުރި މި ސައިކަލު ހިލޭ ރަޖިސްޓްރޭޝަން ކުރުމާއި އަހަރީ ފީގެ އިތުރުން ރޯޑް ވާދިނަސްއާއި ސައިކަލު ނަމްބަރ ބޯޑުގެ އިތުރަށް ތާރޑް ޕާޓީ އިންޝުއަރެންސް ވެސް ނަސީބުވެރި ފަރާތަށް ލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ