ކަރަންޓު ސާމާނުތަކެއް ވަގަށްނެގި މީހަކު ހައްޔަރުކޮށްފި

އދ މާމިނގިލިން ކަރަންޓު ސާމާނުތަކެއް ވަގަށްނެގި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަ އާއި ގުޅިގެން 30 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު، މީނާ ހައްޔަރުކޮށްފައިވަނީ އދ.މާމިގިލި ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމުގެ މައްސަލައަކާ ގުޅިގެން މެއި 15 ވަނަ ދުވަހުގެ 16:16 ހާއިރު ކޯޓުއަމުރެއްގެ ދަށުންކަމަށް ފުލުހުން ވިދާޅުވެއެވެ.
ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކަރަންޓް ސާމާނުތަކުގެ ތެރެއިން ސާރކިއުލާރސޯ އާއިި ކަރަންޓް ބުރުމާއަކާއި ކަރަންޓް ރޮންދާ ފެނިފައިވަނީ އެހެން މީހަކަށް އެތަކެތި ވިއްކާލާފައިވަނިކޮށް ކަމަށާއި، ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން ކަރަންޓް ކީސް ފެނިފައިވަނީ މާމިގިލި ފަޅު ގޯއްޗެއްގެ ތެރެއިންކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ