ހުޅުމާލޭގައި 1،000 ފްލެޓް އަޅަން 5 ދިވެހި ކުންފުންޏަކާ ހަވާލުކޮށްފި

ސަރުކާރުގެ ބޯހިޔާވަހިކަން އެންމެނަށް ސްކީމްގެ1،00 ހައުސިން ޔުނިޓް އެޅުމަށް ފަސް ދިވެހި ކުންފުންޏަކާއެކު އިއްޔެ ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ ފަސް ކުންފުންޏާއެކު ސޮއިކޮށްފައި ވަނީ އިއްޔެ ހައުސިން މިނިސްޓްރީގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެެވެ.
ތަފްސީލު - މިނިސްޓްރީން ރޭ މިކަމާ ގުޅިގެން އެކްސްގައި ކުރި ޕޯސްްޓުގައި ބުނީ، މި ފްލެޓްތަކަކީ، ވަކިވަރަކަށް ވުރެ މަތިން އާމްދަނީ ލިބޭ މީހުންނަށް ހާއްސަކޮށްގެން ހިންގާ "އެފޯޑަބަލް ހޯމް އޯނާޝިޕް ސްކީމް"ގެ ޔުނިޓްތައް ކަމަށެވެ. މި ކެޓަގަރީގައި ބަލާނީ، 60،000ރ. އިން މަތިން އާމްދަނީ ލިބޭ މީހުންނަށެވެ.
މަސައްކަތް ހަވާލު ކުރި ފަސް ކުންފުންޏަކީ:
އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް 
ޖޭވީ ޕާޓްނާޝިޕް – ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް 
އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް 
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރުސީސީ)
ޖޭވީ ޕާޓްނާޝިޕް - ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް، އޮކްސްރޯ ޕްރައިވެޓް ލިމިޓެޑް، ސޮލެކްސް ޕްރައިވެޓް ލިމިޓެޑް އަދި ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑް
"މި މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭ ފްލެޓްތައް ވިއްކަން ޖެހޭނީ ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ 'އާއިލީ ބޯހިޔާވަހިކަން' ޕްރޮގްރާމަށް ފޯމު ހުށަހަޅައި ޝަރުތު ހަމަވާ  ފަރާތްތަކަށެވެ." މިނިސްޓްރީން ބުންޏެވެ.
ސަރުކާރުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެ އެވެ. އެ ކުންފުނިތަކުގެ ފަރާތުން ކުންފުނިތަކުގެ ވެރިންނެވެ.
މިނިސްޓްރީން މީޑިއާތަކަށް އިތުރަށް ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި:
މި ފްލެޓްތައް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް ތިނެއްގައި
މަޝްރޫއޫގެ މުއްދަތަކީ، ދެ އަހަރާއި ފަސް މަސް
މި ސްކީމް ދަށުން އިމާރާތް ކުރާ ދެ ކޮޓަރީ ފްލެޓްތައް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާ އަދި ތިން ކޮޓަރީގެ ފްލެޓްތައް ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ