ކަރަންޓް ބިލް އަގުބޮޑު ވަމުންދާ ކަމަށް ބުނެ ކ. ހިންމަފުށީގެ ރައްޔިތުން އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.
މިކަމާއި ގުޅިގެން ހިންމަފުށީގެ ކައުންސިލުން ބުނެފައިވަނީ ކަރަންޓްގެ އަގަށް ގެނައި ބަދަލާއި ގުޅިގެން ފާއިތުވި މަސްތަކަށް ބަލާއިރު ކަރަންޓް ބިލް ވަރަށް ބޮޑުތަން އަގުބޮޑު ވެފައިވާ ކަމަށެވެ.
އެ ފަރާތުން ބުނިގޮތުގައި މިކަމާއި ގުޅިގެން އެ ރަށަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖްލީސްގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް މެދުވެރިކޮށް ވެސް ހައްލެއް ހޯދަން ކުރެވުނު މަސައްކަތް، މަޝްވަރާ ކުރުމުގެ ފުރުސަތު ނުލިބުމުގެ ސަބަބުން ކާމިޔާބު ވެފައި ނުވާ ކަމަށެވެ.
މިކަމާއި ގުޅިގެން އިއްޔެ ހިންމަފުށީގެ ރައްޔިތުން މަގުތަކަށް ނިކުމެ ހިތްހަމަނުޖެހުން ފާޅުކޮށްފައި ވާއިރު އެ ފަރާތްތަކުން ވަނީ ކުރިޔަށް އޮތްތަނުގައި ބިލްތަކުގެ އަގު މިހާރަށްވުރެ ކުޑަ ކުރުމަށް ގޮވާލާފައެވެ. އަދި އެކަމަށް ހައްލެއް ލިބެންދެން މިފަދަ އެއްވުންތައް ކުރިޔަށް ދާނެ ކަމަށް އެރަށުގެ ރައްޔިތުން ބުނެއެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯގެ އިންފޮމޭޝަން އޮފިސަރު އަބްދުއް ރައުފް ވިދާޅުވީ، ކަރަންޓު ބިލް ބޮޑުވުމާ ގުޅިގެން ހިންމަފުށީގައި ކަންބޮޑުވުން ފާޅުކުރަމުން އަންނަކަން ސްޓެލްކޯ އަށް އެނގޭ ކަމަށާއި އެހެން ނަމަވެސް އެކަމާއި ގުޅޭގޮތުން އަދި ވަކި އެއްޗެއް ދެންނެވެން ނެތް ކަމަށެވެ.
ކަރަންޓް އަގުބޮޑު ވުމާއި ގުޅިގެން ހިންމަފުށީ ރައްޔިތުން ނުރުހުން ފާޅުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ