ދިރިއުޅުން ފަސޭހަ ކޮށްދޭނެ "ސްމާޓް ހޯމް" ދިރާގުން ތައާރަފް ކޮށްފި

ޑިޖިޓަލް ހިދުމަތް މެދުވެރިކޮށް ދިރިއުޅުން ލުއިފަސޭހަކޮށްދޭ، "ސްމާޓް ހޯމް" ގެ ހިދުމަތް ދިރާގުން ތައާރަފްކޮށްފިއެވެ.
ހަތަރު ޕެކޭޖަކާއެކު ދިރާގުން މި ޚިދުމަތް ތަޢާރަފްކޮށްފައިވާއިރު، އެކުންފުނިން ވަނީ ޗައިނާގެ ބްރޯޑް ލިންކް ކުންފުނީގެ އުފެއްދުންތައް ވެސް ތަޢާރަފްކޮށްފައެވެ. ސްމާޜް ހޯމް އޮޓޮމޭޝަންގެ ޚިދުމަތަށް ޚާއްސަ ބްރޯޑްލިންކްގެ އުފެއްދުން ތަކަކީ އަގުހެޔޮ، އަދި ބޭނުން ކުރަން ފަސޭހަ އުފެއްދުންތަކެއް ކަން ފާހަގަކޮށްލެވެއެވެ.
ސްމާރޓް ހޯމްގެ ޚިދުމަތް ދިރާގުން މިއަފު ތަޢާރަފްކޮށްފައިވާއިރު، މި ޚިދުމަތަކީ ސްމާޓް ޑިވައިސްއެއް މެދުވެރިކޮށް، ގޭތެރޭގައި ބޭނުންކުރާ އިލެކްޓްރޯނިކް ޑިވައިސްތަށް ކޮންޓްރޯލްކުރެވޭ ހިދުމަތެކެވެ.މި ޚިދުމަތް މެދުވެރިކޮށް ގޭގައި ބޭނުންކުރާ އިލެކްްރޯނިކް ޑިވައިސްތައް ކޮންޓްރޯލްކޮށްލެވޭނެއެވެ. މިގޮތުން ކަސްޓަމަރުގެ ސްމާޓް ޑިވައިސް އަށް އަޅާލެވޭ އެޕްލިކޭޝަން މެދުވެރިކޮށް ގޭައި ހުންނަ އެއާކޮންޑިޝަން، ލައިޓް، ރެފްރިޖަރޭޓަރ އަދި ޓީވީ ފަދަ ޑިވައިސްތައް ކޮންޓްރޯލް ކުރެވިގެންދާނެއެވެ.
މި ހިދުމަތް ލިބިގަންނަ ފަރާތުން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް ފޯނުގައި އިންޓަނެޓް ހުރި ކަމަށް ވަނީނަމަ ގޭތެރޭގެ ޑިވައިސްތައް ކޮންޓްރޯލްކޮށްލެވޭނެ ކަމަށް ދިރާގުން ބުނެއެވެ. މި ހިދުމަތަށް އެދޭ ފަރާތްތަކުން ހިދުމަތަށް އެދުމުން ދިރާގުގެ ބްރޯޑްބޭންޑް ކަނެކްޝަނެއް ހުރި ކޮންމެ ތަނެއްގައި އެ ކަސްޓަމަރަކު ނަންގަވާ ޕެކޭޖްގައި އެކުލެވޭ ޑިވައިސްގެ ސެޓް އަޕް ހަދައިދެވޭނެ ކަމަށް ދިރާގުން ބުނެއެވެ.
އެކުންފުނިން މި ހިދުމަތަށް ޚާއްސަ ކޮށްގެން ހަތަރު ޕެކޭޖެއް ތައާރަފްކޮށްފައިވާއިރު އޭގެ ތެރޭގައި ސްމާޓް ހޯމް ބްރައުންޒާއި، ސިލްވަރ، ގޯލްޑް ޕްލެޓިނަމް އަދި ހޯމް ސެކިއުރިޓީ ކިޓް ހިމެނެއެވެ. މި ޕެކޭޖްތަކަށް ފައިސާ ދެއްކުން  ހަ މަހާއި 18 މަހާއި ދެމެދުގެ މުއްދަތަކަށް ބަހައި ލެވޭނެ ކަމަށާއި، ކަސްޓަމަރު ބެނުންނަމަ އެއްފަހަރާ ފައިސާ ދެއްކޭނެ ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ. އިންސްޓޯލްމެންޓް ޕެކޭޖްތަކަށް މަހަކު ދައްކަން ޖެހޭނީ 150 ރުފިޔާ އާއި450 ރުފިޔާ އާއި ދެމެދުގެ އަގެކެވެ.
މިދިޔަ އަހަރުގެ ކަނެކްޓް ފެއާގައި ދިރާގުން ވަނީ މި ހިދުމަތް އާއްމުންނަށް ދައްކާލާފައިވާއިރު، މިއީ ދުނިޔޭގެ ގިނަ ހިސާބުތަކުގައި ބެނުންކުރަމުން އަންނަ ޚިދުމަތެއްކަން ފާހަަގަކޮށްލެވެއެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ