ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާންގައި ގައިދީން ބައިވެރިވެއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގައިދީންނަށް ކިޔަވައިދީ އެމީހުންނަކީ މުޖުތަމަޢު ބަލައިގަންނަ ބަޔަކަށް ހެދުމަށް ކުރަމުންގެންދާ މަސައްކަތް ތަކުގެ ތެރެއިން 14 ގައިދީއަކު މިއަދު އެސްއެސްސީ އިމްތިހާންގައި ބައިވެރި ވެއްޖެ ކަމަށް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވެއްޖެއެވެ.
ކަރެކްޝަނަލް ސާވިސަސް އިން މައުލޫމާތު ދެއްވާ ގޮތުގައި އެސްއެސްސީ އިމްތިހާންގައި މިދިޔަ އަހަރުވެސް 16 ގައިދީއަކު ވަނީ ބައިވެރިވެފައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި އިންސްޓިޓިއުޓް ފޮރ ޤްރުއާން އެންޑް ސުންނަތް ގުޅިގެން މިހާރުވެސް އެކިކަހަލަ ކޯސްތައް ޤައިދީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެއެވެ.  އެގޮތުން ޤްރުއާން ކްލާސްތަކާއި ދީނީ ޢިލްމުގެ ކޯސްތައވެސް ޖަލުތަކުގައި ތިބި ގައިދީންނަށް ހިންގަމުން ގެންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ