އޭޝިއަން އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 28 ފެތުންތެރިން

ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި މިހާރު ކުރިއަށްދާ 12 ވަނަ އޭޝިއަން އޭޖް ގްރޫޕް
ސްވިމިން ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ 28 ފެތުންތެރިންގެ ވާދަކުރަމުން އެބަދެ އެވެ. 
މީގެ ކުރިން ވެސް ރާއްޖޭގެ ގިނަ ފެތުންތެރިންނެއް ވަނީ ތައިލެންޑްގެ މުބާރާތްތަކުގައި ވާދަކޮށް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދައިފަ އެވެ. 
Villa College
MU STORE
Yes Maldives Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
މި މަހުގެ 17 އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި
ރާއްޖޭގެ ފަރާތުން ވާދަކުރާ ފެތުންތެރިންގެ ތެރޭގައި މީގެ ކުރިން ބައިނަލްއަގުވާމީ އެކި މުބާރާތްތަކުގައި ރަނގަޅު ކުރިއެރުންތައް ހޯދާފައިވާ ފެތުންތެރިން ހިމެނެ އެވެ. 
އެ ގޮތުން، ތައިލެންޑްގެ މި މުބާރާތުގައި ފެނިގެންދާ ދިވެހި ފެތުންތެރިންނަކީ، އަޒާން އަޒްމީލް ލަތީފް،
ދާނިޔަލް އަމީން ފައިސަލް، އިބްރާހިމް ޖޫދު ހުސައިން، އިސްމާއިލް އަޖްމަލް
މޫސާ ޒަމީރު، އިޒްޔާން ނާޒިމް، ލޫތު މުހައްމަދު ހުސައިން، މަކީން އަހްމަދު
ޝަކީބު، އައިމަން މޫސާ ރަޝީދު، އިބްރާހިމް ޔުއާން ޝަމީމް، މުހައްމަދު
އާއިޝް ސިނާން، ޔާސީން މުހައްމަދު ޔޫސުފް، އިސްމާއިލް ހާމް ހުސައިން،
މުހައްމަދު ރާހިން ޔޫނުސް، ޒާކިން އަޝްރަފް ރަޝީދު، މުހައްމަދު އަލްޔާން
ޝިފާން، އަލްފީ ސަމާހް ހަލީމް، ދާލިއާ އައިދާ ލަތީފް، މަރިޔަމް އަގްސާ
އަސަދު ހަނީފް، މަރިޔަމް އައިރާ ޝިރްނީލް، ސާރާ މުހައްމަދު، ސާރާ އަހްމަދު
ސައީދު، މަލައިކާ ލިންޑާ އިމްރާން، އަލްޔާ އަޝްރަފް، އަޔާނާ އަރީފް، އައިޝާ
ޒާޔާ ހުސައިން، ފާތިމަތު އަންޖަލް ފަޔާޒް، އައިޝަތު އަލީނާ ޝާހިދު އަދި
އަލައިޔާ ޝަހުދީ އަންވަރު އެވެ.
ތައިލެންޑް މުބާރާތުގައި ރާއްޖޭން ބޮޑު ސްކޮޑެއް ވާދަކުރާއިރު، ޓީމުގެ މެނޭޖަރަކީ މުހައްމަދު ވިޝާމް އެވެ. އަދި
އެސިސްޓެންޓް މެނޭޖަރަކީ ޚަދީޖާ އީސާފުޅު އެވެ. މީގެ އިތުރުން، ރާއްޖޭގެ ޓީމުގެ ކޯޗުންގެ ގޮތުގައި
ހިމެނެނީ އަބްދުލް އަލީމް އަބްދުއްރަހްމާން، މުހައްމަދު ސަމީރު އަދި
މުހައްމަދު ޖައުފަރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ