ހއ. ހޯރަފުށި ކައުންސިލުން ލާމަރުކަޒީ ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ވަހީދު، މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވަނީ ގޯސްކޮށް ކަމަށް ކަނޑައަޅަން އޭނާ ކުރި ދައުވާ ސިވިލް ކޯޓުން ބާތިލްކޮށްފި އެވެ.
ހޯރަފުށި ކައުންސިލާ ގުޅޭ ގޮތުން އެލްޖީއޭ އަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން 8 މައްސަލައެއް ބަލާފައިވާއިރު، ވަހީދަށް ފިޔަވަޅު އެޅީ އެ ކައުންސިލުން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރާ ކަން ކަށަވަރު ކުރުމުގެ އެންމެ އިސް ޒިންމާ މަތިކޮށްފައިވާ ބޭފުޅަކީ ކައުންސިލުގެ ރައީސް ކަމަށް ވާތީ ކަމަށް އެލްޖީއޭގެ ރިޕޯޓުގައި ވެ އެވެ.
އެ ނިންމުން ނިންމާފައިވަނީ ދިފާއުވުމަށް ފުރުސަތު ނުދީ ކަމަށް ބަޔާންކޮށް، އެ ނިންމުން އަލުން ރިވިއުކޮށް އިންސާފު ހޯދުމަށް ކަމަށް ބުނެ ވަހީދު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވި އެވެ.
އެ ދައުވާއާ ގުޅިގެން ދައުލަތުން ޝަރީއަތަށް ދިފާއު ހުށަހަޅާފައިވެ އެވެ. ނަމަވެސް، އޭގެ ރައްދު ހުށަހަޅަން ވަހީދަށް ފުރުސަތު ދިނުމުން އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައެއް ނެތެވެ.
މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބާއްވައި، ޝަރީއަތް ފަށަން އަޑުއެހުން ތާވަލުކޮށް އެކަން އެންގި އެވެ. އެ އަޑުއެހުމުގެ ލިންކް ފޮނުވައި ގަޑި ފާއިތުވެގެން ދިޔައިރު ވެސް ދައުވާކުރި، ކައުންސިލްގެ ކުރީގެ ރައީސް އަޑުއެހުމުގައި ބައިވެރިވެފައެއް ނުވެ އެވެ.
އެހެންވެ، އެއްވެސް މަގުބޫލު ސަބަބެއް ނެތި ކޯޓަށް ހާޒިރުވެފައިނުވާތީ މައްސަލައިގެ ދައުވާ ފޯމް ބާތިލް ކުރަން، މައްސަލަ ބެއްލެވި ގާޒީ ފައިސަލް އާދަމް ނިންމެވި އެވެ.
The most trusted news source in the Maldives
ހޯރަފުށި ކައުންސިލްގެ ކުރީގެ ރައީސް ވަހީދަށް މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް ސަސްޕެންޑު ކުރިއިރު، މައްސަލަތަކުގެ ކުޑަބޮޑުމިނަށް ބަލައި އެލްޖީއޭ އިން ނިންމީ އެހެން ކައުންސިލަރުންނަށް ނަސޭހަތް ދޭށެވެ. ކައުންސިލްގެ ރައީސްގެ ސަސްޕެންޝަން މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އިމްދާހުގެ އިތުރުން ކައުންސިލް މެމްބަރުން ކަމަށްވާ އިބްރާހިމް ޝާކިރާއި މަރިޔަމް ވަކީލާ އާއި އާމިނަތު ވިސާމާ އާއި އާމިނަތު ނާސިހާ އަދި އަހުމަދު ރައޫފެވެ.
ހޯރަފުށި ކައުންސިލްގެ ކުރީގެ ރައީސް ވަހީދު ހިމެނޭ ގޮތަށް އެ ހުރިހާ ކައުންސިލަރުން ވެސް ނިސްބަތްވަނީ އިދިކޮޅު އެމްޑީޕީއަށެވެ.
އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި ވަހީދާއި ކައުންސިލްގެ ކުރީގެ މެންބަރުން ވާދައެއް ނުކުރައްވަ އެވެ.
ސަސްޕެންޝަނާ ދެކޮޅަށް ދައުވާކޮށް ކޯޓަށް ހާޒިރުނުވާތީ ދައުވާ ބާތިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ