ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެގޮތުން މައުމޫން ފައުންޑޭޝަންގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވަމުންގެންދާ އިހްޔާ ޕްރޮގްރާމްގެ ސިލްސިލާ ޖަލްސާތައް މިއަހަރުގެ ރަމަޟާންމަހުވެސް ކުރިއަށް ގެންދާނެ ކަމަށް އެ ފައުންޑޭޝަން އިން ބުނެފިއެވެ.
އެ ފައުންޑޭޝަން އިން ބުނީ ރަމަޟާން މަހުގެ ކޮންމެ ބުދަ ދުވަހެއްގެރޭ އާއި ރަމަޟާންމަހުގެ 27 ވިލޭރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި މި ސިލްސިލާގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެކަމަށެވެ. މިޖަލްސާތަކުގައި މައުމޫން ފައުޑޭޝަންގެ ޗެއަރމަން ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އާއި ދީނީ ބައެއް ޢިލްމުވެރިންގެ ވާހަކަފުޅު ދެއްކެވުން އޮންނާނެކަމަށް އެ ފައުންޑޭޝަން އިން ބުނެއެވެ.
މިގޮތުން ބާއްވާ ފުރަތަމަ ޖަލްސާ އޮންނާނީ 3 ރަމަޟާން 1437 (08 ޖޫން 2016) ވާ ބުދަ ދުވަހުގެރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމް ގައި ރޭގަނޑު 10 ޖަހާއިރު ކަމަށް މައުމޫން ފައުންޑޭޝަނުން ބުންޏެވެ.
ވަޑައިގަތުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ އެންމެހާ ބޭފުޅުން ޖަލްސާއަށް ދައުވަތު އަރުވާ ކަމަށް އެ ފައުންޑޭޝަން އިން ބުނެއެވެ.
މައުމޫން ފައުންޑޭޝަން އިން ބާއްވާ އިހްޔާ ޕްރޮގްރާމްތައް މި ރޯދަމަހު ވެސް އޮންނާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ