ގާސިމް އެންއައިސީ އަށް އައްޔަން ކުރުމަށް ކޮމެޓީން ފާސްކޮށްފި

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އައް އައްޔަން ކުރުމަށް އެމްއެމްޕީއާރްސީގެ ހިޔާނާތް ފަޅާއަރުވައިލި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލްކަރީމް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީ އިން ނިންމައިފިއެވެ.
ގާސިމްގެ ނަން މަޖިލީހަށް ފޮނުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ރައީސް ސޯލިހު މަޖިލީހަށް ފޮނުވި ލިސްޓުގެ އެންމެ ކުރީގައި އޮތީ ވެސް ގާސިމްގެ ނަމެވެ.
ރައީސް ސޯލިހު، މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ހުސްވެފައިވާ އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޅ. ނައިފަރު، ނިކަގަސްދޮށުގެ، ގާސިމް އަބްދުލްކަރީމް އެ މަގާމަށް އައްޔަނު ކުރުމަށް ފޮނުވާ ކަމަށެވެ.
ރައީސް ސޯލިހު ވަނީ އެ މައްސަލަ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތަކަށް ފާސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު އާންމުކޮށް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ކުށް ސާބިތުވެ، އަށް އަހަރާއި 12 މަހަށް ގާސިމް ވަނީ މީގެކުރިން ޖަލަށް ވެސް ލައިފައެވެ. އޭނާ ދޫކޮށްލާފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ