މޫސުން ގޯސްވެ، ފ. އަތޮޅުން ގދ. އަތޮޅަށް ވައިޓް އެލަރޓް ނެރެފި

މޫސުން ގަދަވެ ފ. އަތޮޅުން ގދ. އަތޮޅަށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ ބުރާސްފަތި ދުވަހުގެ 16:30ން ފެށިގެން 21:30ށް ފ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ވައިޓް އެލަރޓް ނެރެފައިވާ ކަމަށެވެ.
އަދި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށްލަފާ ކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެއެވެ.
މީގެ އިތުރުން މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ ހުކުރު ދުވަހުގެ ހެނދުނު 10:00އާ ހަމައަށް މެދުރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހުން އެކަށީގެންވާ ކަމަށާއި އުތުރު އަތޮޅުތަކަށް މެންދުރު ފަހުން ކެރީގެ އަސަރު ކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
ހުޅަނގު ދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެ އާއި އުތުރު އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި، ދެކުނު އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެއެވެ.
މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ