ދަނގެތީ ދާއިރާގެ ސްކޫލުތަކަށް އެދާއިރާގެ މެންބަރު ކާނަލް ނާޒިމް 14،000 މާސްކު ހަދިޔާކުރައްވައިފި

ދަނގެތީ ދާއިރާގެ ސްކޫލުތަކަށް އެދާއިރާގެ މަޖިލިސް މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް 14،000 ރީޔޫސަބަލް މާސްކު ހަދިޔާ ކުރައްވައިފިއެވެ.
ނާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެދާއިރާގެ ސްކޫލުތަކަށް ފޮނުއްވުމަށް މާސްކު ޕެކްކޮށްފައިވާ ފޮށިތަކުގެ ފޮޓޯ ހިއްސާ ކުރައްވައި، ދަނގެތީ ދާއިރާގެ ސްކޫލުތަކަށް މާސްކު ހަދިޔާ ކުރައްވާކަމަށް ވިދާޅުވެފައެވެ.
އެގޮތުން މި މާސްކުތައް ހަދިޔާ ކުރައްވަން ނިންމަވައިފައިވަނީ ކޮވިޑް 19އާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ކަމަށް ނާޒިމް ވިދާޅުވިއެވެ. މި މާސްކުތަކަކީ އެ ދާއިރާގެ ސްކޫލުތަކުގެ ދަރިވަރުންގެ އިތުރުން އެ ދާއިރާގެ ރައްޔިތުން ހިމެނޭ ގޮތަށް ބޭނުން ކުރުމަށް ހަދިޔާ ކުރައްވާ 14،000 ފޭސް މާސްކު ކަމަށް ކާނަލް ނާޒިމް ވިދާޅުވިއެވެ.
މީގެ ކުރިން ކާނަލް ނާޒިމް ހިންގަވާ ނާޒިމްއަފާ ފައުންޑޭޝަނުން ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނަށް ވެސް 6000 ޕީޕީއީ އައިޓަމް ހަދިޔާ ކުރައްވައިފައި ވެއެވެ. އެއީ 1000 ސެނެޓައިޒާ ފުޅި، 2000 ފޭސް މާސްކު އަދި 3000 އަންގިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ