އާލިން ހާލެންޑެއް ނޫނެވެ. ކީލިއަން އެމްބާޕޭއެއް ވެސް ނޫނެވެ. ވިނީޝިއަސް ޖޫނިއާ ވެސް ނުމެ ނޫންމެ އެވެ.
އޭނާގެ ނަމަކީ ޖޯޑަން ބޮސް އެވެ. ކުޅެނީ އޮސްޓްރޭލިޔާއަށެވެ. ވާތް ފަރާތުން ޑިފެންޑަރެކެވެ.
މި ވޯލްޑް ކަޕްގައި މިހާތަނަށް ފީފާއިން އެއްކުރި މައުލޫމާތުތަކުން ދައްކަނީ އެންމެ ބާރު ސްޕީޑްގައި ދުވެފައި ހުރީ ނުވަތަ މިހާތަނަށް އެންމެ ހަލުވީ އުމުރުން 23 އަހަރުގެ ބޮސްކަމެވެ.
ފުރަތަމަ މެޗުގައި ތުރުކީއާ ދެކޮޅަށް ކުޅެ އޮސްޓްރޭލިޔާ 2-0 އިން މޮޅުވި އިރު ބޮސް ވަނީ ގަޑިއަކު 36.7 ކިލޯމީޓަރުގެ ބާރު މިނުގައި ދުވެފަ އެވެ.
ބޮސްގެ މި ދުވެލި ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ އުސެއިން ބޯލްޓް 100 މީޓަރުން ދުނިޔޭގެ ރެކޯޑް 2009ގައި ހެދިއިރު މުޅި އެ ރޭހުގައި އޭނާ ދުވި ދުވުމާ މާ ބޮޑު ތަފާތެއް ނެތެވެ. ބޯލްޓް މުޅި ރޭހުގައި އެވްރެޖް ދުވެލި ހުރީ ގަޑިއަކު 37.58 ކިލޯމީޓަރުގަ އެވެ. އެކަމަކު އެ ރޭހުގެ ވަކި ހިސާބެއްގައި ގަޑިއަކު 44.72 ކިލޯމީޓަރަށް ވެސް އެރި އެވެ.
ބޮސްގެ ފަހަތުން މިހާތަނަށް މި މުބާރާތުގައި އެންމެ ބާރުކޮށް ދުވުނީ ނޯވޭގެ ފޯވަޑް އާލިން ހާލެންޑެވެ. އޭނާ ގަޑިއަކު 36.5 ކިލޯމީޓަރުގައި ދުވި އެވެ. ހަމަ މި ބާރު މިނުގައި އުޒުބަކިސްތާންގެ ދިފާއީ ކުޅުންތެރިޔާ އަބްދުކޯދިރު ހުސަނޯވް ވެސް ދުވެފައި ވެ އެވެ. މިއީ މެންޗެސްޓަ ސިޓީގައި ހާލެންޑްގެ ބައިވެރިއެކެވެ.
މި މުބާރާތުގައި ކީލިއަން އެމްބާޕޭ އެންމެ ބާރަށް ދުވެފައި ހުރީ ގަޑިއަކު 35.1 ކިލޯމީޓަރުގަ އެވެ.
ދުވުމުގެ ސްޕީޑަށް ބަލާ ނަމަ ވިނީޝިއަސް ގަދަ 10 އަކަށް އަދި ނާރަ އެވެ.
ނެދަލެންޑްސްގެ ފޭނޫޑްއަށް ކުޅެމުން އަންނަ ބޮސްގެ ހަލުވިކަމާ މެދު އެ ޓީމުގެ ކުޅުންތެރިންނަށް ހައިރާންކަމެއް ނުލިބޭނެ އެވެ. މިދިއަ ސީޒަނުގައި އޭނާގެ ކުޅުން ވަރަށް މޮޅެވެ. ލަނޑު ޖަހަން ނުވަ ފުރުސަތު ވެސް ތަނަވަސްކޮށްދިނެވެ.
ހައިރާންނުވާތި! ވޯލްޑް ކަޕްގައި މިހާތަނަށް އެންމެ ހަލުވި ކުޅުންތެރިޔަކީ އޮސްޓްރޭލިޔާގެ ޑިފެންޑަރު ބޮސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ