މ.އަތޮޅުގެ 8 ރަށެއްގެ ޔޫޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއަށް

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން، މ.އަތޮޅުގެ 8 ރަށަކަށް ދެމުންދާ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކޮށްފިއެވެ. އެރަށްތަކަކީ މ. މުލި، ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލައް، ނާލާފުށި، ރަތްމަންދޫ އަދި ވޭވަށެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން، މ.އަތޮޅުގެ 8 ރަށަކަށް ދެމުންދާ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަފީފް ޙުސެއިންއެވެ. ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރެވެ.
މި އެއްބަސްވުމުގެ ދަށުން ސްޓެލްކޯއާ ޙަވާލުކޮށްފައިވަނީ މ. މުލި، ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލައް، ނާލާފުށި، ރަތްމަންދޫ އަދި ވޭވަށުގައި ދެމުންދާ ޔުޓިލިޓީގެ ޚިދުމަތްތަކެވެ.
ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ކުރިން ފެނަކައިން ފޯރުކޮށްދެމުން އައި 8 ރަށް ސްޓެލްކޯއާ ޙަވާލުކުރެއްވީ، ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރުމުގެ ނިޒާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ ތެރެއިން ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އަދި މި ބަދަލާއެކު އެ ރަށްތަކުގެ ރައްޔިތުންނަށް ދޭ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރެވިގެންދާނެ ކަމަށް ވިދާޅުވެއެވެ.
ފެނަކައިން މ.އަތޮޅުގެ 8 ރަށަކަށް ދިން ޔޫޓިލިޓީގެ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކުރެއްވީ، ސަރުކާރު ހިންގުމުގެ ނިޒާމަށް ގެންނަން ފެށި ބަދަލުތަކުގެ ތެރެއިންނެވެ.
މިގޮތުން ފެނަކައިން ވަނީ، މިދިޔަ އޭޕްރިލްމަހުވެސް އެ ކުންފުނިން 3 އަތޮޅަކަށް ދެމުން ދިޔަ ޚިދުމަތްތައް ދިނުމަށް ސްޓެލްކޯއާ ޙަވާލުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ