ސައުދީ
އަރަބިއްޔާގެ ބަޖެޓް އެއާލައިން، ފްލައިނާސް އިން ރާއްޖެއަށް ކުރާ ޝެޑިއުލް
ދަތުރުތައް އަލުން އިއްޔެ ފަށައިފި އެވެ.
އެމްއޭސީއެލް އިން ބުނީ ފްލައިނާސް އިން ސައުދީގެ ރިޔާދުގެ ކިންގް ހާލިދު
އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖެއާ ދެމެދު ކޮންމެ ހަފުތާއަކު ތިން ދަތުރު
ކުރާނެ ކަމަށެވެ.
ދަތުރުތައް
އަލުން ފެށުމުގެ ގޮތުން ރިޔާދުން އައި ފްލައިނާސްގެ ފްލައިޓަށް ވެލާނާ
އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ ވޯޓާ ސެލިއުޓަކާއެކުގަ އެވެ. އޭގެ އިތުރުން، ދިވެހި ސަގާފީ ބޮޑުބެރުގެ ހަރަކާތްތަކާއެކު ފަސިންޖަރުންނަށް ވަނީ ހޫނު
މަރުހަބާއެއް ކިޔާފަ އެވެ.
ފްލައިނާސްގެ
ދަތުރުތައް އަލުން ފެށުމަކީ މެދުއިރުމަތީގެ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލިބިގެންދާނެ ބޮޑު ލުޔެއް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
ސައުދީ
އަރަބިއްޔާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު
ދައުރެއް އަދާކުރާ ގައުމަކަށްވާއިރު، މި ދަތުރުތަކުގެ ސަބަބުން އެ ސަރަހައްދުން
ރާއްޖެއަށް އޮތް ޑިމާންޑް އިތުރަށް
އުފުލިގެންދާނެ ކަމަށް ބެލެވެ އެވެ.
ވެލާނާ
އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު އިތުރުކުރުމަށް
އެމްއޭސީއެލް އިން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
ސައުދީގެ ފްލައިނާސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އަލުން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ