ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ސަރުކާރު ކުންފުންޏެއްގެ މެނޭޖަރަކު ވަޒީފާއިން ވަކިކޮށްފި ރުގްޔާގެ ނަމުގައި ޖިންސީ ގޯނާ: އަސީލް 25 އަހަރަށް، އިސްމާއީލް 6 އަހަރަށް ޖަލަށް ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ ސަނީ އުމަރު ރާއްޖެއައުމުން ހައްޔަރުކޮށްފި ދެކުނުގެ ރަށ

މިދިޔަ މަހު ޖިންސީ ގޯނާކޮށްގެން ރާއްޖޭގައި ރިޕޯޓްކުރި ކުދިންގެ ތެރޭގައި 19 އަންހެން ކުދިން ހިމެނޭ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ މިނިސްޓްރީން މިއަދު އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ޖުމްލަ 25 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ.
މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހެޅި ޖިންސީ ގޯނާގެ 25 މައްސަލައިގެ ތެރޭގައި 19 އަންހެން ކުދިންގެ އިތުރުން ހަ ފިރިހެން ކުދިން ހިމެނެއެވެ. މިދިޔަ މަހު އެ މިނިސްޓްރީއަށް ކުޑަކުދިންނާ ގުޅޭ ޖުމްލަ 81 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ވެސް ޖިންސީ ގޯނާގެ މި މައްސަލަތަކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ދެވަނައަށް އެންމެ ގިނައީ ކުދިންނަށް އަޅާނުލުމުގެ ސަބަބުން ހުށަހަޅާފައިވާ މައްސަލަތަކެވެ. އެފަދަ 18 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް ނަފުސާނީ އަނިޔާ ދިނުމުގެ 12 މައްސަލައަކާއި، ޖިސްމާނީ އަނިޔާގެ އަށް މައްސަލައެއްގެ އިތުރުން ބުލީގެ ހަތް މައްސަލައަކާއި ސައިބާ ބުލީގެ ހަތަރު މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ.
މިދިޔަ މަހު ކުދިންގެ އަހުލާގާ ގުޅޭ 44 މައްސަލައެއް ވެސް މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން އަށް މައްސަލައަކީ ކުދިން ސްކޫލަށް ދާން އިންކާރު ކުރުމާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ޖެންޑާ މިނިސްޓްރީން ހާމަކުރި ގޮތުގައި، މިދިޔަ މަހު މިނިސްޓްރީ މެދުވެރިކޮށް 161 ކައުންސެލިން ސެޝަން ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި 44 މީހަކަށް ސައިކޯސޯޝިއަލް ސަޕޯޓް ވަނީ ދީފައެވެ. މީގެ އިތުރުން، އެ މިނިސްޓްރީގެ ހެލްޕްލައިން ނަންބަރު 1412އަށް މިދިޔަ މަހު 1،379 ފޯން ކޯލް ލިބިފައިވާއިރު، 1421އަށް 626 ކޯލް ލިބިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ