އަންނަ އަހަރުން ފެށިގެން އަތޮޅުތެރޭގައި ވެސް ވެމްކޯ އިން ހިދުމަތް ދޭ ރަށްރަށުގައި ވެމްކޯ ބިލާއި ކަރަންޓު ބިލް އެއްކޮށްލަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖާ ސޭލްސް އެންޑް ޕްރޮޖެކްޓް މުޙައްމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި އަކްރަމް ވިދާޅުވީ ޖެނުއަރީ އިން ފެށިގެން އަތޮޅުތެރޭގައި ވެސް ވެމްކޯ ބިލާ ކަރަންޓު ބިލް އެއްކޮށްލަން ނިންމާފައިވާ ކަމަށާއި ކުނި ބިލު ކަރަންޓު ބިލާ އެއްކޮށްލުމުން ބިލްދައްކާ މީހުންނަށް ފަސޭހަ ވާނެކަމަށެވެ.
ކުނި ބިލު ކަރަންޓު ބިލުގައި ހިމަނާފައި ފޮނުވާނީ މީޓަރަށް 34 ޔުނިޓަށް ވުރެ ގިނައިން އަރާ ގޭބީސީތަކަށް ކަމަށާއި ޖެނުއަރީގައި ހިދުމަތް ފެށި ނަމަވެސް ބިލް ކުރެވިގެން ދާނީ ޖެނުއަރީ މަހު ޚިދުމަތް ދިނުމަށްފަހު ފެބްރުއަރީ މަހު ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.
މި ކަމާއި ގުޅިގެން ކުންފުނީގެ ޖެނެރަލް މެނޭޖަރ، ސަދަން އޮޕަރޭޝަންސް އަޙްމަދު ޝާފިޢު ވިދާޅުވީ ބިލު އެއްކޮށްލުމަށް ނިންމާފައިވަނީ ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހުގައިކަމަށެވެ. މީގެ ކުރިން ކޮންމެ ދުވަހަކު ކުނި ނެގުމުގެ ޚިދުމަތް ނުދިންނަމަވެސް އަންނަމަހުން ފެށިގެން ކޮންމެ ދުވަހަކުވެސް ވެމްކޯގެ ޚިދުމަތް ދޭ ރަށްތަކުގައި އެޚިދުމަތް ދެމުންގެންދާނެއެވެ. އަދި އެކި ރަށްރަށުގައި ވެމްކޯގެ އޮޕަރޭޝަންތައް ކުރިއަށްގެންދާނީ ކަނޑައެޅިފައިވާ ވަކި އުސޫލުތަކެއްގެ ތެރެއިންކަމަށް ވެސް ޝާފިއު ވިދާޅުވިއެވެ.
ވެމްކޯ އިން މާލެ ސަރަހައްދުގެ އިތުރުން ސިޓީތަކާއި ލ. ފޮނަދޫއާއި ލ.ގަމާއި ކ. މާފުށި އަދި ހިންމަފުށީގައި ވެސް އަންނަނީ އެ ކުންފުނީގެ ހިދުމަތް ދެމުންނެވެ.
އަތޮޅުތެރޭގައި ވެސް ވެމްކޯ ބިލާ ކަރަންޓު ބިލް އެއްކޮށްލަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ