އަންނަ އަހަރަށް
ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓާއެކު 2025 ވަނަ އަހަރުވެގެން ދާނީ ރައްޔިތުންނަށް
ހިނިތުންވުން ގެނެސްދޭނޭ އަހަރެއް ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު
މުހައްމަދު މުސްތަފާ އިބްރާހިމް
ވިދާޅުވެއްޖެއެވެ.
މެމްބަރު މިފަދައިން ވިދާޅުވީ ބުރާސްފަތިދުވަހުގެ ރޭ އަސްލު ޓީވީ އިން ގެނެސްދިން
"ދައުލަތުގެ ބަޖެޓް ކަވަރޭޖް2025 " ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހަށް
ހުށަހެޅި 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާއި ގުޅޭގޮތުން ވާހަކަފުޅު
ދައްކަވަމުން މެމްބަރު ވިދާޅުވީ ނިމިގެންދިޔަ އެމްޑީޕީ ސަރުކާރުގެ ބަޖެޓަކީ ވަރަށް އުނދަގޫ ބަޖެޓެއް
ކަމަށާއި، އެ ބަޖެޓުގައި ކަންކަން އަތުރާފައި ހުރީ ނުކުރެވޭ ކަހަލަ ގޮތަކަށް
ކަމަށެވެ.
އެއާ ޙިލާފަށް މިފަހަރުގެ
ބަޖެޓަކީ މަޝްރޫއުތަކަށް ހާއްސަ ބަޖެޓެއް ކަމަށާއި މި ބަޖެޓަކީ ރައީސް ޑރ
މުހައްމަދު މުއިއްޒުގެ ވައުދުފުޅުތައް ފުއްދުމަށް ހާއްސަކޮށްފައިވާ ބަޖެޓެއް
ކަމަށެވެ.
މެމްބަރު ވިދާޅުވީ ބޯހިޔާވަހިކަމުގެ
އެންމެ ބޮޑު ތަކުލީފެއް އުފުލަނީ މާލޭގެ ރައްޔިތުން ކަމަށާއި، މި ބަޖެޓަކީ
ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމަށް 5 އިންސައްތަ އިންޓަރެސްޓް ލޯނު ދޭން ނިންމި ފުރަތަމަ
ބަޖެޓް ކަމަށެވެ.
ގޯތި ދިނުމަކީ
ބޯހިޔާވަހިކަން ކަށަވަރުވުމެއް ނޫން ކަމަށާއި ރައީސް ޑރ މުހައްމަދު މުއިއްޒުގެ
ވައުދުފުޅަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ޔަގީންކޮށްދިނުން ކަމަށް
މެމްބަރު ވިދާޅުވިއެވެ.
"މިއީ ރައްޔިތުން އިންތިޒާރުކުރި
ބަޖެޓެއް. މިއީ މާލޭގެ ރައްޔިތުންނަށް ރަނެއް މަލެއް ފަދަ ބަޖެޓެއް."
މެމްބަރު ވިދާޅުވިއެވެ.
މެމްބަރު އިތުރަށް ވިދާޅުވީ ބޭންކުން
ލޯނު ނަގައިގެން ގެދޮރު ބިނާކުރުމުގެ ފުރުސަތެއް މީގެ ކުރިއަކުން މި ގައުމުގައި
ފަހިވެފައި ނެތް ކަމަށް. އަޅުގަނޑު ބައެއް ފަހަރު
ހިތަށް އަރާ ރައީސްއަކީ ސިޔާސީ ބޭފުޅެއް ބާވައޭ. އެއީ ސިޔާސީ މަންފާއެއް ނުވަތަ
ސިޔާސީގޮތުން އެމަކުފާނަށް ކުރިމަތިވެދާނެ
ބަލިކަށިކަމެއް ކުޑަކުރުމަކަށް ނޫން ރައީސް މަސައްކަތްޕުޅު ކުރައްވަނީކީއެއް."
މެމްބަރު ވިދާޅުވިއެވެ.
މެމްބަރު އިތުރަށް ވިދާޅުވީ ޑރ
މުހައްމަދު މުއިއްޒު މަސައްކަތްޕުޅު ކުރައްވަނީ ގައުމަށް ހުރި މައްސަލަތަކަށް
ހައްލެއް ހޯދުމަށާއި ރައްޔިތުންނަށް ލިބެންޖެހޭ ޙިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.
"500 މިލިއަން ޑޮލަރު
މިއަންނަ އަހަރު ދަރަނި ދައްކަން އެބައޮތް. އެއީ މި ސަރުކާރުން ނެގި ދަރަންޏެއް
ނޫން. 2026 ވަނަ އަހަރާއަށް ހަމައަށް ދައުލަތުން އެބަޖެހޭ އެއް ބިލިއަން ޑޮލަރު
ދަރަނީގެ ގޮތުގައި ދައްކަން. އެއީ ބަޔަކު މީހުންނަށް މޭނޭޖްނުކުރެވިގެން ދަރަނި
ނަގާ ނަގާ، ދިވެހިން ދަރުވާލާފައި ނެގި ދަރަންޏެއް ދެއްކުމަށްޓަކައި ކުރަންޖެހޭ
މަސައްކަތްތަކެއްގެ ވާހަކަ މި ދައްކަނީ." މެމްބަރު ވިދާޅުވިއެވެ.
ރައީސް ޑރ
މުހައްމަދު މުއިއްޒު މަސައްކަތްޕުޅު ކުރައްވަނީ މުޅި ސަރުކާރާއެކު ދިވެހި ރާއްޖެ
އިތުރަށް ފައިސާ ޗާޕުނުކޮށް ދައްކަންޖެހޭ ދަރަނި ބަރާބަރަށް ދައްކައި، ދިވެހިންނަށް
ޙިދުމަތްތައް ފޯރުކޮށްދިނުން ކަމަށް މެމްބަރު ވިދާޅުވިއެވެ.
2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާއެކު، ރައްޔިތުންނަށް ހިނިތުންވުން ގެނެސްދޭނެ: މެމްބަރު މުސްތަފާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ