ހއ. އަތޮޅު ކައުންސިލުން ދެމުން އަންނަ ތިލައުތުރު އެވޯޑްގެ "ތިލައުތުރު އެވޯޑް 2025"ގެ އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކަށް ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ހޮވިއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ހއ. އަތޮޅު ވެރިރަށް ދިއްދޫގައި ބޭއްވި މި އެވޯޑު ހަފުލާގައި އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކަށް ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ހޮވުނުއިރު، 2024 ވަނަ އަހަރުގެ ހިންގުންތެރި ކްލަބް ޖަމިއްޔާއަކަށް ހޮވިފައިވަނީ ދިއްދޫ ކުރިމަގު ޖަމިއްޔާއެވެ.
މި އެވޯޑުގައި އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައިން ދެވަނަ އަށް ގޮސްގެން އެވޯޑު ލިބުނީ މާރަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށެވެ. ތިންވަނަ ހޯދީ އުތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެވެ.
މިއަހަރުގެ ތިލައުތުރު އެވޯޑު ހަ ދާއިރާއަކަށް ދީފައިވާއިރު، މި އެވޯޑުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކުގެ ބައިން އެއްވަނަ މޮޅަދޫ ރަށު ކައުންސިލް ހޯދިއިރު، ދެވަނަ ހޯދީ ބާރަށު ކައުންސިލުންނެވެ. އަދި ތިން ވަނަ އަށް ދިޔައީ އިހަވަންދޫ ކައުންސިލެވެ.
މި އެވޯޑު ދިނުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ، ކުރީގެ ރައީސް ޢަބުދުالله ޔާމީން ޢަބުދުލްޤައްޔޫމެވެ.
ތިލައުތުރު އެވޯޑަކީ އެކި ދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި، ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދުމަތްތަކެއް އެ އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އެ އަތޮޅު ސްކޫލަތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، އަތޮޅުގެ ޚިދުމަތްތެރި ރިޒޯޓާއި، އެ އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ، ކްލަބް ޖަމިއްޔާ އަދި ކައުންސިލްތަކުގެ މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެ އަތޮޅު ކައުންސިލުން ދެމުން އަންނަ އެވޯޑެކެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ތިލައުތުރު އެވޯޑް 2025: އެންމެ ހަރަކާތްތެރި ކޮމެޓީ އަކަށް ދިއްދޫ އަންހެނުންގެ ކޮމެޓީ، ކްލަބަކަށް ދިއްދޫ ކުރިމަގު ޖަމިއްޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ