އެމެޒޯންގެ ޑެލިވަރީ 2 ޑްރޯން ކްރޭނެއްގައި ޖެހި، ވެއްޓިއްޖެ
އެމެރިކާގެ އޮންލައިން ވިޔަފާރި ކުންފުނި އެމެޒޯންގެ ދެ ޑްރޯނެއް ކްރޭނެއްގައި ޖެހި ވެއްޓިއްޖެއެވެ. މި ހާދިސާ ވަނީ ފެޑެރަލް އިދާރާތަކުން ތަހުގީގުކުރަން ފަށައިފައެވެ. އެމެޒޯންގެ ޑެލިވަރީ ޕްރޮގްރާމްގެ ދެ ޑްރޯނެއް އެމެރިކާގެ އެރިޒޯނާ ސްޓޭޓްގައި ހުރި ކްރޭނެއްގައި ޖެހި ވެއްޓުނު މި ހާދިސާ ހިނގާފައިވަނީ މި މަހުގެ ކުރީކޮޅު، އެރިޒޯނާގެ ފީނިކްސްގެ ހުޅަނގުގައި އޮންނަ ޓޮލެސަން ސިޓީގައެވެ. ޕްރޮގްރާމްގެ އެމްކޭ30ގެ ދެ ޑްރޯން، އެމެޒޯންގެ ވެއާހައުސްއަކަށް ދާން ދަނިކޮށް، މަގުމަތީގައި ހުރި އިމާރާތެއްގެ ކްރޭނެއްގެ ބޫމްގައި ޖެހި ވެއްޓުމުންނެވެ. ފެޑެރަލް އެވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ)އިން ނެރެފައިވާ އިބުތިދާއީ ރިޕޯޓެއްގައި ބުނެފައިވަނީ، ޑްރޯންތައް ވެއްޓުމަށް ފަހު އަލިފާން ރޯވެ، އެއްޗެހިތަކަށް "ބޮޑެތި" ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވި ނަމަވެސް، އެކަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާ ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. https://sun.mv/212621 ރިޕޯޓުތައް ބުނާގޮތުން، މި ހާދިސާ ހިނގީ އެމެޒޯންގެ ޕްރައިމް އެއާ މި ހާދިސާއާ ގުޅިގެން އެފްއޭއޭއާއި ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު (އެންޓީއެސްބީ)އިން ވެސް ވަނީ ތަހުގީގެއް ފަށާފައެވެ. އެމެޒޯންގެ ތަރުޖަމާން ޓެރެންސް ކްލާކް ވިދާޅުވެފައިވަނީ އެ ކުންފުނީގެ އެންމެ އިސް ކަމަކީ ސަލާމަތްތެރިކަން ކަމަށާއި މި ހާދިސާއާ ގުޅިގެން އެ ކުންފުނިން އަމިއްލައަށް ކުރި ތަހުގީގުގައި ޑްރޯންތަކަށް ނުވަތަ އެ ޑްރޯންތަކަށް އެހީތެރިވާ ޓެކްނޮލޮޖީއަށް އެއްވެސް މައްސަލައެއް ދިމާވެފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް، ކްރޭނު ފަދަ ހަރަކާތްކުރާ ހުރަސްތައް ބެލެހެއްޓުމަށް "އެންހެންސްޑް ވިޝުއަލް ލޭންޑްސްކޭޕް އިންސްޕެކްޝަންސް" ފަދަ އިތުރު އުސޫލުތަކެއް ތައާރަފުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ހާދިސާއާ ގުޅިގެން އެމެޒޯނުން ވަގުތީ ގޮތުން ޓޮލެސަންގައި ޑްރޯން މެދުވެރިކޮށް ކުރާ ޑެލިވަރީތައް ހުއްޓާލިއެވެ. ނަމަވެސް، މިހާރު އެ ޚިދުމަތް އަލުން ފަށާފައިވާ ކަމަށް އެމެޒޯނުން ބުނެއެވެ. މިއީ މި އަހަރުގެ ތެރޭގައި އެމެޒޯންގެ ޑްރޯންތައް ވެއްޓުނު ދެވަނަ ފަހަރެވެ. މިދިޔަ ޖަނަވަރީ މަހު، އޮރެގަންގައި ހުންނަ އެމެޒޯންގެ ޓެސްޓް ސައިޓެއްގައި ވެސް ދެ ޑްރޯން ވެއްޓި، އެރިޒޯނާއާއި ޓެކްސަސްގައި ޑެލިވަރީގެ ޚިދުމަތް ވަގުތީ ގޮތުން ހުއްޓާލިއެވެ. އެ ފަހަރުގެ ހާދިސާތަކަށް ފަހު، ސޮފްޓްވެއާ މައްސަލަތައް ހައްލުކުރުމަށް ފަހު މާރިޗު މަހު އެމެޒޯނުން ވަނީ ޑެލިވަރީތައް އަލުން ފަށާފައެވެ. އެމެޒޯންގެ ޑްރޯން ޑެލިވަރީ ޚިދުމަތް، ޕްރައިމް އެއާ، މިހާރު ފޯރުކޮށްދެނީ ޓެކްސަސްގެ ކޮލެޖް ސްޓޭޝަންއާއި 2024 ވަނަ އަހަރުގެ ފަހުކޮޅު ފެށި ފީނިކްސްގެ ސަރަހައްދުގައެވެ. މި ޚިދުމަތުގެ ދަށުން 60،000 އަށްވުރެ ގިނަ ބާވަތުގެ ތަކެތި (ފަސް ޕައުންޑަށްވުރެ ކުދި ތަކެތި) އެއް ގަޑިއިރެއްގެ ތެރޭގައި ޑެލިވަރީ ކޮށްދެއެވެ. އެމެޒޯންގެ ވިސްނުން ހުރީ މި ޚިދުމަތް އެމެރިކާގެ އިތުރު ސިޓީތަކަށާއި އިޓަލީ އަދި ޔޫކޭއަށް ފުޅާކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ