ރިސޯޓްތަކުން އުކާލާ ތެޔޮ ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

ރިސޯޓްތަކުން އުކާލާ ތެޔޮ ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން މިރޭ ބުނީ ބައެއް ފަރާތްތަކުން ކާބޯތަކެތި ތައްޔާރުކުރުމަށް ރިސޯޓްފަދަ ތަންތަނުން އުކާލާ ތެޔޮ ބޭނުންކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
މިކަން މިގޮތަށް ކުރުމަކީ މަނާ ކަމެއް ކަމާއި އާންމު ސިއްހަތަށް އޮތް ނުރައްކަލެއްކަން ކުރީން ވެސް އަންގާފައިވާނެ ކަމަށް ވެސް ބުންޏެވެ:
އެ އެޖެންސީން ބުނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގައި ބުނާ “ކާބޯތަކެތީގައި ހުންނަން ޖެހޭ އާންމު ޝަރުތުތައް” މި ތެލުގައި ފުރިހަމަ ނުވާނެ ކަމަށެވެ. އަދި ރިސޯޓްފަދަ ތަންތަނުން އުކާލާ ތެލަކީ ހަލާލު ނޫން ކާބޯތަކެތީން ތަޣައްޔަރުވެފައިވާ ތެލަށް ވެސް ވެދާނެ ކަމަށެވެ:
އެހެން ކަމުން ކާބޯތަކެތި ތައްޔާރުކުރުމަށް ފަހު އުކާލާ ތެޔޮ ބޭނުން ކުރުމަށް ވަނީ އަންގާފަ އެވެ. އަދި އެތަކެތި ވިއްކާ، ބޭނުންކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ