ކޮރަޕްޝަނެއްގެ ތުހުމަތުގައި ހަތަރު ފުލުހަކު ސަސްޕެންޑުކޮށްފި
ށ. މިލަންދޫގައި މަސައްކަތްކުރާ ފުލުހުންގެ އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައިގައި ހަތަރު ފުލުހަކު ވަޒީފާއިން ވަކިކުރަން ލަފާދީފި އެވެ.ފުލުހުން މިއަދު ބުނީ މިލަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ ބޭންކް އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑް އިން ބެލުމަށް ފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން، އެކަމުގައި ބައިވެރިވާ ހަތަރު ފުލުހަކު ވަޒީފާއިން ވަކިކުރަން ލަފާ ދިނުމަށް އެ ބޯޑުން ނިންމާފައިވާ ކަމަށެވެ.އެހެންވެ، އެ މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.ނަމަވެސް އެއީ ކޮން ބައެއް ކަން ފުލުހުން ހާމަ ނުކުރެއެވެ.ފުލުހުން މިހެން ބުނެފައިވަނީ މިލަންދޫގެ ފުލުހުންގެ އެކައުންޓްތަކަށް ކޭޓަރިން ޚިދުމަތުގެ ތެރެއިން ނާޖާއިޒު ގޮތެއްގައި 18 މިލިއަން ރުފިޔާ ވަތް ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ތުހުމަތު ކުރަމުން ދަނިކޮށެވެ.ނަމަވެސް އެއީ ކިހާ ފައިސާއެއް ކަމެއް ރަސްމީކޮށް ފުލުހުން ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ