ޖޭއެސްސީގެ ރައީސްގެ މަގާމަށް ހުސްނީ މުބާރަކު އިންތިހާބުކޮށްފި
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސްގެ މަގާމަށް އެ ކޮމިޝަނުގެ މެންބަރުކަމަށް މިއަދު އައްޔަނުކުރި، މަނަދޫ ދާއިރާގެ މަޖިލިސް މެންބަރު، ހުސްނީ މުބާރަކު އިންތިހާބުކޮށްފި އެވެ.ޖޭއެސްސީން ބުނީ ކޮމިޝަނުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކޮމިޝަނުގެ ރައީސަކު ހޮވުމަށްޓަކާ މިއަދު ބޭއްވި ޖަލްސާގައި ބައިވެރިވި މެމްބަރުންގެ މެދުގައި ނެގުނު ވޯޓުން އެ މަގާމަށް ހުސްނީ އައްޔަން ކުރުމަށް ނިންމާފައިވާ ކަމަށެވެ.ޖޭއެސްސީގެ މެމްބަރުގެ މަގާމަށް ހުސްނީ އައްޔަން ކުރައްވައި، އޭނާއަށް މަގާމުގެ ފަތްކޮޅު އެރުވީ ވެސް މިއަދެވެ.ޖޭއެސްސީގެ ރައީސްކަން ވެސް ކުރައްވަމުން ގެންދެވި ރިޒާ އެ ކޮމިޝަނުން އިސްތިއުފާ ދެއްވީ މިދިޔަ އާދީއްތަ ދުވަހު އެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ