ޕާކިސްތާނު އަސްކަރިއްޔާގެ އިސްވެރިން މުއިއްޒު އާ ބައްދަލުކޮށް، ދެ ގައުމުގެ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި ޕާކިސްތާނު އަސްކަރިއްޔާގެ އިސްވެރިން މުއިއްޒު އާ ބައްދަލުކޮށް، ދެ ގައުމުގެ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

ޕާކިސްތާނުގެ އަސްކަރިއްޔާގެ އެންމެ އިސް އެއް ޖެނެރަލް އަދި އެ ގައުމުގެ އަސްކަރިއްޔާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއާމަން، ޖެނެރަލް ޒާހިރު ސަމްޝާދު މިރްޒާ, ރައީސް މުހައްމަދު މުއިއްޒު އާއި ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ މިރްޒާ އަދި ޕާކިސްތާނުގެ އިސްވެރިން މުއިއްޒު އާއި ބައްދަލުކުރެއްވީ އިއްޔެ ހެދުނު ކަމަށެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކޮށް ދެ ގައުމުން އެކުގައި ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރި ކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.
މިރްޒާ ރާއްޖެ ވަޑައިގެންނެވީ ބުދަ ދުވަހު ކަމަށް މައުލޫމާތު ލިބެ އެވެ. މި ދަތުރުގެ ތެރެއިން ޒާހިރު އިއްޔެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އާ ބައްދަލުކުރައްވައިފަ އެވެ. މުއިއްޒު އާއެކު ބޭއްވި ބައްދަލުވުމުގައި ވެސް ގައްސާން ބައިވެރިވި އެވެ.
ގައްސާންގެ އިތުރުން މިި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އާއި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔާޑް ފައިސަލް ރަސޫލް ލޯދީ އަދި ޕާކިސްތާނުގެ އަސްކަރިއްޔާގެ ބައެއް އިސް އޮފިސަރުން ބައިވެރިވި އެވެ.
ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮންނަ އަސްކަރީ ގުޅުން ބަދަހި ކުރުމުގެ ގޮތުން އެ ގައުމުގެ އަސްކަރީ މަނަވަރު "ޕީއެންއެސް އަސްލަތު" މި އަހަރުގެ ކުރީކޮޅު ރާއްޖެ އައިސް ތަމްރީނުތަކެއް ބޭއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ