ރިޒާ ޖޭއެސްސީގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްކަމުގައި ހުންނެވި މާފުށި ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ރިޒާ އާދަމް އެ ކޮމިޝަނުގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފި އެވެ.
ވީކިހިނެއް؟ - އެ ކޮމިޝަނުގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މަޖިލީހުން ކަނޑައަޅާފައިވާ ރިޒާގެ އިސްތިއުފާ ސިޓީ އެ ކޮމިޝަނަށް ފޮނުވީ މިއަދެވެ.
ކޮމިޝަނުގެ ރައީސްކަމުން އިސްތިއުފާގެ ސިޓީ ފޮނުވިކަން ކަށަވަރުވި ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް އަދި ނޭނގެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ނައިބު ރައީސް ކަމުގައި ހުންނެވި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވުމުން، އެ މަގާމު ވަނީ ކޮމިޝަނުގައި އިންނަވާ ރައީސް މުހައްމަދު މުއިއްޒުގެ މެންބަރު ޔަޒްމީދު މުހައްމަދު އިންތިހާބުކޮށްފަ އެވެ.
ޕާޓީން ވަކިކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް، ދެ ފަނޑިޔާރަކު ވަކިކުރި މައްސަލާގައި ނިޔާޒު ވޯޓު ދެއްވަނީ ފަނޑިޔާރުންނާ އެއްކޮޅަށެވެ.
އަދި ފަނޑިޔާރުން ސަސްޕެންޑްކުރަނީ، ކޮމިޝަނަށް ޔަޒްމީދު އައްޔަންކުރާ ފަހުންނެވެ. އޭގެ ކުރިން ރައީސް މުހައްމަދު މުއިއްޒު ތަމްސީލްކުރައްވާ މެންބަރަކަށް ހުންނެވީ ވަކީލު މުހައްމަދު ސަމީރެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ