މިރޭ ބާއްވަން އޮތް ފަނޑިޔާރުން ހުވާކުރުމުގެ ރަސްމިޔާތު ފަސްކޮށްފި

މިރޭ ބާއްވަން އޮތް ފަނޑިޔާރުން ހުވާކުރުމުގެ ރަސްމިޔާތު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.
ވީ ކިިހިނެއް؟ - މި ރަސްމިޔާތު ތާވަލުކޮށްފައި އޮތީ މިރޭ 8 ޖަހާއިރަށެވެ. މިއީ ކްރިމިނަލް ކޯޓާއި މެޖިސްޓްރޭޓު ކޯޓުތަކަށް އައްޔަންކުރާ ފަނޑިޔާރުން ހުވާ ކުރަން ބާއްވާ ރަސްމިޔާތެކެވެ. ކްރިމިނަލް ކޯޓަށް ދެ ގާޒީން އައްޔަންކުރަން އޮތީ ނިންމާފަ އެވެ.
ތަފްސީލް - ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ވަނީ މި ރަސްމިޔާތު ފަސްކޮށްފައިވާކަން މީޑިއާތަކަށް އަންގާފަ އެވެ. އެކަމަކު ފަސްކުރި ސަބަބެއް ނުބެނެ އެވެ. ކުއްލިއަކަށް މި ރަސްމިޔާތު ފަސްކުރުމާ ގުޅިގެން 'ދައުރު'ން ސުވާލުކުރުމުން ވެސް ޖޭއެސްސީން ބުނީ، ފަސްކުރާ ވަކި ސަބަބެއް ނެތް ކަމަށެވެ.
މި ރަސްމިޔާތު ކެންސަލްކޮށްފައި މިވަނީ، ޖޭއެސްސީގެ ރައީސްކަމުގައި ހުންނެވި މާފުށި ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ރިޒާ އާދަމް އެ ކޮމިޝަނުގެ ރައީސްކަމުންނާއި އެ ކޮމިޝަންގެ މެމްބަރުކަމުން މިއަދު އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ