ރާއްޖެ އިޝްތިހާރުކުރަން، ޗައިނާގެ ޔޫނިއަންޕޭއާއެކު ވެސް އެއްބަސްވުމެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ޗައިނާގެ ޔޫނިއަންޕޭއާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއެކު ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް، ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓް ޚިދުމަތްތައް ހަރުދަނާ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެ އެއްބަސްވުމުގެ ދަށުން ބީއެމްއެލް، ޔޫނިއަންޕޭ އަދި ވިޒިޓް މޯލްޑިވްސް ގުޅިގެން، ޔޫނިއަންޕޭ ކާޑު މެންބަރުންގެ މެދުގައި ރާއްޖެއަކީ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ޕްރޮމޯޓުކުރުމަށް މަސައްކަތް ކުރާނެއެވެ. އެގޮތުން ރާއްޖޭގެ ތަފާތު މުހިންމު ކަންކަން ފާހަގަކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރުމަށް މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން، ޔޫނިއަންޕޭއިން ވަނީ ބީއެމްއެލްއަކީ ޔޫނިއަންޕޭ ކާޑުތަކުން ރާއްޖޭގައި ކުރާ މުއާމަލާތްތަކުގެ ސެޓްލްމެންޓް އެޖެންޓް ބޭންކްގެ ގޮތުގައި ހަމަޖައްސައިފައެވެ. މި ސެޓްލްމެންޓް ފްރޭމްވޯކަކީ ޔޫނިއަންޕޭއާއެކު މިހާރަށްވުރެ ވަރުގަދަ ގުޅުމެއް ބިނާކުރުމަށް އެޅޭ ބިންގަލަކަށް ވާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. ޗައިނާގެ އެއާލައިނަކުން އައި ފަތުރުވެރިއެއް: ބީއެމްއެލްއިން ވަނީ ޔޫނިއަންޕޭއާއި ވީޗެޓްޕޭއާއި އަލިޕޭއާއެކު ވެސް، ފަތުރުވެރިކަން އިޝްތިހާރުކުރަން އެއްބަސްވުން ހަދައިފައި -- ފޮޓޯ/ އެމްއޭސީއެލް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، މިއީ ޑިޖިޓަލް ޕޭމަންޓް އިކޯސިސްޓަމް އިތުރަށް ވަރުގަދަވެ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ވާނެ ކަމެއް ކަމަށެވެ. ޔޫނިއަންޕޭ ކާޑުތަކުން ކުރާ މުއާމަލާތްތަކުގެ ސެޓްލްމެންޓް އެޖެންޓް ބޭންކެއްގެ ގޮތުގައި ބީއެމްއެލް ހަމަޖެހުމަކީ، ކަސްޓަމަރުންނަށް ރައްކާތެރި އަދި ލުއިފަސޭހަ ޕޭމަންޓް ސޮލިއުޝަންތަކެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމުގެ ރަމްޒެއް ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/215436 ބީއެމްއެލްގެ ކާޑު މެޝިންތަކުންނާއި މާޗަންޓް ޕޯޓަލްގައި ޔޫނިއަންޕޭ ކާޑުތައް މިހާރުވެސް ބަލައިގަނެއެވެ. އެ ބޭންކުން އެމެރިކަން އެކްސްޕްރެސް، ވީސާ، މާސްޓާކާޑް، އަދި ޔޫނިއަންޕޭ ފަދަ މައިގަނޑު ހުރިހާ ކްރެޑިޓް އަދި ޑެބިޓް ކާޑު ނެޓްވޯކްތަކުގެ އިތުރުން، ބީއެމްއެލް ޕޭ، ވޭސިން ޕޭ، އަލިޕޭ، އެޕަލް ޕޭ އަދި ގޫގުލް ޕޭ ފަދަ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ވޮލެޓްތަކުން ކުރާ މުއާމަލާތްތައް ޕްރޮސެސްކުރެއެވެ. އެ ބޭންކުން މީގެ ކުރިން ވަނީ، ރާއްޖެ އިޝްތިހާރު ކުރުމަށް ޗައިނާގެ ވީޗެޓްޕޭއާއި އަލިޕޭއާއެކު އެއްބަސްވުންތައް ހަދައިފައެވެ. ރާއްޖެއަށް މިހާތަނަށް 2.12 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ޗައިނާއެވެ. އެގޮތުން އެ ގައުމުން އެކަނިވެސް 322,777 ފަތުރުވެރިން އައިސްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ