ހުޅުމާލެ ފޭސް ދޭއްގައި ޕާކިން ބިލްޑިންތަކެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިރޭ ބޭއްވި ބައްދަލްވުމުގައި ރައީސް ވިދާޅުވީ ފޭސް ދޭއްގައި ޕާކިން ބިލްޑިންތަކެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް ތިން, ޕާކިން ބިލްޑިންއެއްގެ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވި އެވެ.
އެ ބިލްޑިންތައް އެޅުމަށް މިހާރު އެއްބަސްވުންތައް ހަދާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މަސައްކަތް ކުރިއަށް އޮތް ތިން މަސްތެރޭ ފެށޭނެ ކަމަށެވެ.
މާލެ ސަރަހައްދަށް އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ވެހިކަލްތައް ގިނަވެ ޕާކުކުރެވޭނެ ރަނގަޅު އިންތިޒާމެއް ހަމަޖެހިފައި ނެތުމެވެ. އެ މައްސަލަ ހައްލުކުރަން މާލެއާ ހުޅުމާލޭގައި ޕާކިން ބިލްޑިންތައް އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް މިދިޔަ ހުރިހާ ސަރުކާރަކުންް އިއުލާނު ކުރި އެވެ.
ނަމަވެސް އެ މަސައްކަތް ކާމިޔާބުކަމާއެކު އެއްވެސް ސަރުކާރަކަށް ކުރިއަށް ނުގެންދެވުނެވެ.
ފޭސް ދޭއްގައި ޕާކިން ބިލްޑިންގތަކެއް، ތިންމަސްތެރޭ ތިން ބިލްޑިންގ އަޅާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ