4000 ފްލެޓްގެ ކުއްޔާއި އެޑްވާންސް ފައިސާ ކުޑަކުރަން ނިންމައިފި
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސޯލިހު ސަރުކާރުން އިމާރާތްކޮށްފައިވާ 4,000 ފްލެޓުގެ ކުއްޔާއި އެޑްވާންސް ފައިސާއަށް ބޮޑު ލުޔެއް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލެ 2 ގައި އަޅާފައިވާ 32 ޓަވަރުގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓުތަކެވެ. ދެ ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު، މަހަކު 8،000ރ. ދައްކަން ޖެހޭއިރު، ތިން ކޮޓަރީގެ ފްލެޓްތަކަށް މެއިންޓެނަންސް ފީއާ އެކު، މަހަކު ދައްކަން ޖެހެނީ 10،500ރ. އެވެ.ދެ ކޮޓަރީގެ ފްލެޓްތަކަށް 15،000ރ. އަދި ތިން ކޮޓަރީގެ ފްލެޓްތަކަށް 25،000ރ. ގެ ޑައުންޕޭމަންޓެއް ދައްކަން ޖެހެ އެވެ. އެ ފްލެޓްތަކުގެ ތަޅުގަނޑި ހަވާލުކުރަނީ އެ ފައިސާ ދެއްކުމުންނެވެ. އެ އަދަދު ބޮޑު ކަމަށް ބުނެ ރައީސް ރައްޔިތުންނާ އެކު ބާއްވާ ބައްދަލުވުންތަކުގައި ބައެއް މީހުން ތަކުރާރުކޮށް ފާހަގަކުރެ އެވެ.ހުޅުމާލެ ފޭސް2ގެ ރައްޔިތުންނާ ބައްދަލުކުރަން މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ފަހި ފްލެޓްތަކުގެ ކުއްޔަށް ލުއިތަކެއް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށާއި އެގޮތުން ތިން ކޮޓަރީގެ އެޕާޓްމެންޓްގެ މަހުން މަހަށް ދައްކާ ކުލީގެ އަދަދު 10،000ރ. އަށް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.އަދި އެޑްވާންސް ޕޭމަންޓް 8،000ރ. އަށް ކުޑަކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.މިދިޔަ ސަރުކާރުގެ ފަހު ހަފްތާގައި 15 ނޮވެމްބަރު 2023ގައި އޭރު މި ފްލެޓްތަކުގެ އަގު ކަނޑައަޅާ އާންމު ކުރި އެވެ. އެގޮތުން:3 ކޮޓަރީގެ ފުލެޓްގެ މަހު ކުއްޔަކީ 7،000ރ، އަދި މެއިންޓެއިންނެންސް ފީގެ ގޮތުގައި މަހަކު 1،000ރ.އާ އެކު ކުއްޔަށް ޖުމްލަ 8،000ރ. 2 ކޮޓަރީގެ މަހު ކުއްޔަށް 5،000ރ. އަދި މެއިންޓެނެންސް ފީގެ ގޮތުގައި މަހަކު 1،000ރ.އާ އެކު ޖުމްލަ 6،000ރ. ނަމަވެސް ފަހުން މިދިޔަ ފެބްރުއަރީ މަހު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވަނީ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ނަގަން އޭރު ނިންމި އަދަދަށް ބަދަލު ގެނެސްފައިވާކަމަށް ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވީ، ލޯނެއް ނަގައިގެން ހިންގާ މަޝްރޫއަކަށްވާއިރު، އެ މަޝްރޫއުގެ ދަށުން ނަގާ ކުލި ކަނޑައަޅާ މީގެ ކުރިން އިއުލާނުކޮށްފައި ހުރި އަގުތަކަކީ ރަނގަޅު އަގުތަކެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ