ޗެޓްޖީޕީޓީ އިން ގްރޫޕް ޗެޓް ތައާރަފުކޮށްފި

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގެ އެންމެ ކުރީގައި އުޅޭ ކުންފުނި ކަމަށްވާ އޯޕަންއޭއައި އިން، އެ ކުންފުނީގެ މަޝްހޫރު ޗެޓްބޮޓް ކަމަށްވާ ޗެޓްޖީޕީޓީގައި ގްރޫޕް ޗެޓްގެ ޚިދުމަތް ހުރިހާ ޔޫޒަރުންނަށް ހުޅުވާލައިފިއެވެ. މި ޚިދުމަތް މިހާރު ވަނީ ފްރީ، ގޯ، ޕްލަސް އަދި ޕްރޯ ޕްލޭންތަކުގެ ހުރިހާ ޔޫޒަރުންނަށް ވެސް ލިބޭނެ ގޮތަށް ހަމަޖައްސާފައެވެ. މިކަން އޯޕަންއޭއައި އިން އިއުލާންކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. މި ފީޗާގެ ސަބަބުން ޗެޓްޖީޕީޓީއާ އެކަނި ވާހަކަ ދައްކާ އެހީތެރިކަން ހޯދުމުގެ ބަދަލުގައި، ރައްޓެހިންނާއި އާއިލާ އަދި އެކުގައި މަސައްކަތްކުރާ މީހުންނަށް އެއްތަނެއްގައި މަސައްކަތްކޮށް، ޕްލޭންތައް ހަދައި، ކަންކަން ނިންމުމަށް އެހީތެރިވެދޭ އެއްޗަކަށް އެ އެޕްލިކޭޝަން ބަދަލުވެގެންދާނެ ކަމަށް އޯޕަންއޭއައިއިން ބުނެއެވެ. ގްރޫޕް ޗެޓްތަކުގެ ބޭނުންތަކުގެ ތެރޭގައި ދަތުރުތައް ރާވާލުން، ލިޔެކިޔުންތައް އެކުގައި ލިޔުން، ބަހުސްތައް ނިންމުން، ނުވަތަ ދިރާސާތަކުގެ މަސައްކަތް އެކުގައި ކުރުން ހިމެނެއެވެ. މިކަންކަމުގައި ޗެޓްޖީޕީޓީއިން ހޯދައި، ޚުލާސާކޮށް، އަދި ތަފާތު އޮޕްޝަންތައް އަޅާކިޔުމުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި ގްރޫޕް ޗެޓްތަކުގައި އެއްފަހަރާ ގިނަވެގެން 20 މީހުންނަށް ބައިވެރިވެވޭނެއެވެ. ނަމަވެސް، ކޮންމެ ޔޫޒަރެއްގެ ޒާތީ މައުލޫމާތާއި މެމޮރީ (ކުރިން ދެކެވުނު ވާހަކަތައް) އަމިއްލަ ސިއްރުތަކެއްގެ ގޮތުގައި ބެހެއްޓޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ފޮޓޯ ކްރެޑިޓް؛ އޯޕަންއޭއައި ގްރޫޕް ޗެޓެއް ފެށުމަށްޓަކައި، ޔޫޒަރުން ޕީޕަލް އައިކޮންއަށް ފިތާލުމުން، ބައިވެރިން އެޑް ކުރެވޭނެއެވެ. ނުވަތަ ލިންކެއް ހިއްސާކޮށްގެން ވެސް ބައިވެރިން އެޑް ކުރެވޭނެއެވެ. ގްރޫޕްގައި ބައިވެރިވާ ކޮންމެ މީހަކު ވެސް އެ މީހެއްގެ ނަމާއި ޔޫޒާނޭމް އަދި ފޮޓޯ ހިމެނޭ ކުރު ޕްރޮފައިލެއް ހަދަން ޖެހެއެވެ. މި ވާހަކަތަކުގެ ތެރޭގައި ޗެޓްޖީޕީޓީއަށް ޖަވާބު ދިނުމަށް އެދެން ބޭނުންނަމަ، "ޗެޓްޖީޕީޓީ" ޓެގްކުރެވޭނެއެވެ. އަދި ޗެޓްޖީޕީޓީއަށް އިމޯޖީ ބޭނުންކޮށްގެން މެސެޖުތަކަށް ރިއެކްޓްކުރުމުގެ ގާބިލިއްޔަތު ވެސް ލިބިފައިވެއެވެ. މި ބަދަލަކީ ޗެޓްޖީޕީޓީއަކީ ހަމައެކަނި ޗެޓްބޮޓެއްގެ ބަދަލުގައި އިޖުތިމާޢީ ޕްލެޓްފޯމަކަށް ބަދަލުކުރުމަށް އޯޕަންއޭއައި އިން އަޅާ ފިޔަވަޅެކެވެ. އޯޕަންއޭއައި އިން ބުނާ ގޮތުގައި، ގްރޫޕް ޗެޓްތަކަކީ ޗެޓްޖީޕީޓީއަކީ އެކުގައި މަސައްކަތްކުރާ މާހައުލަކަށް ބަދަލުކުރުމުގެ ފެށުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ